ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ތ. އަތޮޅު ތިމަރަފުށީ އެއަރޕޯޓުގައި ކުޑަ ފިހާރައެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 1193/IAS/MIS/2015ފ(17 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާތީ، މި އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 16ވާ އަންގާރަ ދުވަހުގެ 12:30އަށް އައިލެންޑް އޭވިއޭޝަން މައިއޮފީހަށް (މ.ރާވެރިގެ / މަޖީދީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 12:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ޝަރުޠު ޤަބޫލުކުރާ ފަރާތްތަކުންނެވެ.
1- ފިހާރަ ހިންގުމުގެ ތަޖުރިބާ ހުރުން.
2- ފިހާރައިގައި ވިއްކާ ބާވަތްތަކުގެ ތަފުސީލު ހުށަހެޅުން.
3- އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ޑިސްކައުންޓް ދެވޭނެ މިންވަރު.
4- ކުއްޔަށް ހިފަން އެއްބަސްވާ އަގު.
15 ރަބީޢުލްއާޚިރު 1437