ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/93
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 14 ޖުލައި 2026 20:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހުގެ ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުން

       ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައިމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ހިންމަފުށީ ސްކޫލް ލައިބްރަރީ ގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގެ އެޖެންޑާ :

  • 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުން.
  • 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރުން.
  • ތަރައްޤީ ޕްލޭންގެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުން.

      ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ހިންމަފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތުއަރުވަމެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2026