ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2026/31
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 20 ޖުލައި 2026 13:30
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގައި ހުރި އޭސީ ސާރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ އޭސީތައް ސާރވިސް ނުކުރެވި ގިނަ ދުވަސްވެފައިވާތީ، މި ތަންތަނުގެ އޭސީތައް ފުލްސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)422-B1/422/2026/24 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 19 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.

ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުލައި 2026