ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/30
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 12 ޖުލައި 2026 10:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ވޮލީބޯޅަ މުބާރާތުގައި ގާޑިޔާ ހެދުމަށް ހުޅުވާލުން:

 "ކައުންސިލް ކަޕް 2026" ވޮލީބޯޅަ މުބާރާތުގައި ދަނޑު ސަރަހައްދުގައި ތަފާތު ވައްތަރުތަކުގެ ކާއެއްޗެހި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 17 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން މުބާރާތް ނިމެންދެން، ފުޓުބޯޅަ ދަނޑުގެ ދެކުނުކޮޅުގެ ގޭޓުގެ ހުޅަނގުފަރާތުން ގަބުޅިހިނގުމުގެ ފުޓުބޯޅަ ދަނޑުގެ ވަށައިގެން އިންދާފައިވާ ރުއްތަކުގެ އުތުރުފަރާތުން ފުޓުބޯޅަ ދަނޑާއި ރުއްތަކާއި ދެމެދުން އެވާ ހުސްޖާގާގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ތަފާތު ވައްތަރުގެ ކާއެއްޗެހި ވިއްކުން ކުރިއަށް ގެންދެވޭނެއެވެ. އަދި މިފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދި އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށައަޅާ 02 (ދޭއް) ފަރާތަށެވެ. ކޮންމެ ފަރާތަކަށްވެސް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށައެޅޭނީ -/500ރ (ފައްސަތޭކަ ރުފިޔާ) އެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން އަގު ބަޔާންކޮށް 12 ޖުލަައި 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އދ.މަންދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

06 ޖުލައި 2026