މަސައްކަތް
ނަންބަރު: (IUL)138-PIS1/138/2016/4
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 07 ފެބުރުވަރީ 2016 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ރިޕޯޓު ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާލޭ ހުޅަނގު ދެކުނު ސަރަހައްދުގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ހިމެނޭ އެކިއެކި ފެސިލިޓީތައް ތަރައްޤީ ކުރުމަށް މި މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ އީމެއިލަށް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން މަޢުލޫމަތު ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.

ބިޑް ހުށަހެޅުމަށް 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯނު: 3004110   ފެކްސް:3004301

އީ-މެއިލް: [email protected]

     [email protected]

26 ޖަނަވަރީ 2016