މަސައްކަތް
ނަންބަރު: FSM-ADV-2016/005
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 02 ފެބުރުވަރީ 2016 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިއުލް ޝެޑްގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި، ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ހުޅުމާލޭގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިއުލް ޝެޑްގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޖަނަވަރީ 2016