ޢާންމު މަޢުލޫމާތު
ނަންބަރު: 1/2026
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:15
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމުގައި ރަށްވެހިވުމާއި ރަށްވެހިކަން ބަދަލުކުރުމުގެ އުޞޫލު

 

 

 

 

 

 

 

 

 

 

 

ލ. ގަމުގައި ރަށްވެހިވުމާއި ރަށްވެހިކަން ބަދަލުކުރުމުގެ އުޞޫލު

 

އުޞޫލު ނަންބަރ: 1/2026

 

 

 

 

 

 

 

 

 

ތަޢާރަފާއި ނަން

  1.    1.          

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލ.ގަމުގައި ރަށްވެހިވުމާއި ރަށްވެހިކަމުން ކެނޑުމާއި ބޭހޭ އުޞޫލެވެ.

(ށ)

މި އުސޫލަށް ކިޔާނީ، [ލ. ގަމުގައި ރަށްވެހިވުމާއި ރަށްވެހިކަމުން ކެނޑުމުގެ އުޞޫލު"

އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.    2.          

 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ،  ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

މަޤުސަދު

  1.    3.          

 

ހަރުދަނާކަމާއިއެކު މިއުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ތަންފީޒުކުރުމެވެ.

ތަންފީޒުކުރާ ފަރާތް

  1.    4.          

 

މިއުޞޫލު ހިންގައި ތަންފީޒުކުރާނީ، ލ. ގަމު ކައުންސިލުންނެވެ.

އަލަށް އުފަންވާ ކުދިން ރަށްވެހިކަމުގައި ޖެއްސުން

  1.    5.          

(ހ)

އަލަށް އުފަންވާ ކުދިން ރަޖިސްޓްރީކޮށްދެވޭނީ އެކުއްޖެއްގެ ބަލަދުވެރިޔާ އެދޭ، އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައެވެ.

(ށ)

ކުއްޖަކު އުފަންވާތާ 90 ދުވަހުގެ ތެރޭގައި އެކުއްޖަކު ރަޖިސްޓްރީ ކުރަންވާނެއެވެ.

(ނ)

ކުއްޖަކު އުފަންވާތާ 90 ދުވަހުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފިނަމަ މިއުޞޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޖޫރިމަނާކުރެވޭނެއެވެ.

އެހެން ރަށެއްގެ ރަށްވެއްސަކު ލ.ގަމުގައި ރަށްވެހިވުން

  1. 6

 

(ހ)

އެހެން ރަށެއްގައި ރަށްވެހިވެހިފައިވާ ފަރާތެއް ލ.ގަމުގައި ރަށްވެހިވުމަށް އެދިއްޖެނަމަ، ރަށްވެހިވެފައިވާ ރަށުން އުނިކޮށްދިނުމަށް އެރަށެއްގެ ކައުންސިލަށް އަންގަންވާނެއެވެ.

(ށ)

ރަށްވެހިވެފައިވާ ރަށުން އުނިކުރެވޭނީ އެރަށެއްގެ ކައުންސިލުން ހަދައިފާވާ އުޞޫލެއްގެ މަތިންނެވެ.

(ނ)

ރަށްވެހިވެފައިވާ ރަށުން އުނިކުރުމަށްފަހު އެފަރާތަކާއި ބެހޭ މަޢުލޫމާތު ފޮނުވުމުން ލ.ގަމުގައި އެފަރާތެއް ރަށްވެހިކުރެވިގެންދާނެއެވެ.

ރަށްވެހިކަމުން ކެނޑުން

  1.    7.          

(ހ)

ލ.ގަމުގައި ރަށްވެހިވެފައިވާ ފަރާތެއް އެހެން ރަށެއްގައި ރަށްވެހިވުމަށް އެދޭ ހާލަތުގައި ފޯމު ހުށަހަޅަންވާނީ ރަށްވެހިވުމަށް އެދޭ ރަށެއްގެ ކައުންސިލަށެވެ.

(ށ)

އެރަށެއްގެ ކައުންސިލުން އެފަރާތުގެ މަޢުލޫމާތު ހޯދުމަށާއި ރަށްވެހިކަމުން އުނިކުރުމަށް ލ.ގަމު ކައުންސިލަށް ހުށަހެޅުމުން މިއުޞޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޭޓުން ފީނެގުމަށްފަހު ރަށްވެހިކަމުން އުނިކުރެވޭނެއެވެ.

ފީނެގުން

  1.    8.          

(ހ)

މި އުޞޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަށްވެހިކަމުން ކެނޑުމަށް އަންނަނިވި ރޭޓުން ފީނެގޭނެއެވެ.

  1. ލ.ގަމުގައި ރަށްވެހިވެފައިވާތާ 5 އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތެއް ހޭދަވެފައިވާނަމަ 1000/- ރުފިޔާ.
  2. ލ. ގަމުގައި ރަށްވެހިވެފައިވާތާ1  އަހަރާއި، 5 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވާނަމަ 3000/- ރުފިޔާ.
  3. ލ. ގަމުގައި ރައްވެހިވެފައިވާތާ 1 އަހަރަށްވުރެ ގިނަދުވަސް ހޭދަވެފައިނުވާނަމަ 5000/- ރުފިޔާ.
  4. 18 އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ ރަށްވެހިކަމުން ކެނޑުމަށް ފީއެއް ނުނެގޭނެއެވެ.

ޖޫރިމަނާ

 

 

 

 

 

 

 

 

 

 

 

 

 

 

  1.    9.          

(ހ)

މި އުޞޫލުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖަކު އުފަންވާތާ 90 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ އެކުއްޖެއްގެ ބަލަދުވެރިޔާ 100/- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ)

މި އުސޫލުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާތަކާއި ފީތައް ދައްކަން ވާނީ، މި އިދާރާއަށެވެ.

(ނ)

މި އުސޫލުގެ ދަށުން ޖޫރިމަނާއެއް ކުރެވި ނުވަތަ ފީއެއް ދެއްކުމަށް އެންގިފައިވާ ފަރާތަކުން އެފައިސާ ދެއްކުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ފައިސާ ދެއްކުމަށް ލިޔުމުން އެ ފަރާތަކަށް އަންގަން ވާނެއެވެ.

(ރ)

ލިޔުމުން އަންގާއިރު، އެ ލިޔުމުގައި ދައްކަންޖެހޭ ފައިސާގެ މިންވަރާއި، އޭގެ ތަފުސީލު އަދި ފައިސާ ދައްކަންވީ ގޮތާއި، ސުންގަޑި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

(ބ)

ފައިސާ ދައްކަންޖެހޭ ސުންގަޑި ހަމަވުމުން، އިތުރު ފުރުޞަތު ދިނުމަކާނުލައި އެ ފައިސާ ހޯދުމަށްޓަކައި ޝަރުޢީ ކޯޓަކަށް ހުށަހެޅުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. އަދި އެފަދަ މައްސަލަތަކާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅެންދެން ނުވަތަ އެ ފައިސާ ކައުންސިލުގެ އިދާރާއިން ކަނޑައަޅާފައިވާ ތަނަކަށް ދައްކަންދެން، އެ ފަރާތަކާ ފައިސާގެ ކަންކަމާ ގުޅުންހުރި މުޢާމަލާތްތައް ނުކޮށް މަޑުޖައްސާލުމުގެ އިޚުތިޔާރު މި ކައުންސިލަށް ލިބިގެން ވެއެވެ.

 

މާނަކުރުން

  1.  10.        

(ހ)

"ކައުންސިލް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 155 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންތިޚާބުކޮށްފައިވާ ހައްދުންމަތީ ގަމު ކައުންސިލަށެވެ.

(ށ)

"ކައުންސިލްގެ އިދާރާ" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 155 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންތިޚާބުކޮށްފައިވާ ހައްދުންމަތީ ގަމު ކައުންސިލުގެ އިދާރާ އަށެވެ.

 

(ނ)

ޖޫރިމަނާ" ދޭހަ ކޮށްދެނީ ކުށެއްގެ ނިސްބަތުން ވަކި މުއްދަތެއްގެ ތެރޭގައި، އަދަބެއްގެ ގޮތުން، އަތުލެވޭ އެއްޗެކެވެ.

 

(ރ)

"ފީ" ކަމަށް ބުނެފައި އެ ވަނީ، ވަކި ކަމަކާއި ގުޅިގެން ދައްކަންޖެހޭ "ފީ" (ފައިސާ) އަށެވެ.

 

(ބ)

ރަޖިސްޓަރީ" ކަމަށް ބުނެފައިއެވަނީ، މި އުޞޫލުގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އެކުލެވޭ ގޮތަށް ލިޔެ ބަލަހައްޓާ ދަފްތަރަށެވެ.

 

06 ޖުލައި 2026