ދިވެހިރާއްޖެ
ހދ. ވައިކަރަދޫގައި ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ފުޅާކޮށް، ރަށުގެ ބަނދަރު ސަރަޙައްދުން ކެފޭ އަދި ރެސްޓޯރެންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި، ރަށުގެ އުތުރުފަރާތު އަތިރިމަތިން (ކުރިން ކެފޭ ހިންގި) ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރަމެވެ. ވީމާ، މި ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި ބީލަމާ ގުޅޭ މަޢުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 15 ޖުލައި 2026 ގެ މެންދުރު 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.cloud.microsoft/r/2ADFTLMJQn
މި ބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން، 16 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.
މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ވައިކަރަދޫ ކައުންސިލް އިދާރާ، ހދ. ވައިކަރަދޫ
- ފޯން: 6520046
- އީމެއިލް: [email protected]
މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.