ބީލަން
ނަންބަރު: (IUL)GS-216/GS-216/2026/4
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 13 ޖުލައި 2026 10:00
ތިނަދޫ ސްކޫލް/ ގދ.ތިނަދޫ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ތިނަދޫ ސްކޫލް ކުލާސްރޫމް ތަކުގައި އެއަރކަންޑިޝަން ހަރުކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް

1.  ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި އަދި އޭސީ ތަކަށް ބޭނުންވާ ކަރަންޓް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 2. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

3.   މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4.   މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރެވޭނީ 06 ޖުލައި  2026 އިން 08 ޖުލައި 2026 އަށް ގޫގަލް ފޯމް މެދުވެރިކޮށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. https://forms.gle/fTaHUtXnSz3rkf679

5.  ޕްރީ ބިޑް މިޓީންގް އޮންނާނީ  09 ޖުލައި 2026 ވަނަ ދުވަހު 13:00 އަށް ތިނަދޫ ސްކޫލުގައެވެ.

 

 

6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13  ޖުލައި 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. ވީމާ ބީލަމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވުން އެދެމެވެ. 

7. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި މަސައްކަތުގެ މަޢުލޫމަތު ޝީޓް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާފަރާތްތަކަށް ބީލަން ފޮތް ހިއްސާކޮއްލެވޭނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ތިނަދޫ ސްކޫލް

ގދ. ތިނަދޫ ، ދިވެހިރާއްޖެ

   ފޯން: 6842050

އީމެއިލް: [email protected]

06 ޖުލައި 2026

 

06 ޖުލައި 2026