ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/36
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި:
31 ޖުލައި 2026 00:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށުގައި ބެހެއްޓިފައިވާ ތަކެތި ނެގުމާއި ގުޅޭ
ރަށުގެ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށުގައި ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ، އެސަރަހައްދުގައި ޢާއްމު ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގާ ހުސްކުރުމަށް ބޭނުންވެއެވެ.
ވީމާ، ގޮނޑުދޮށުގައި ޢާއްމު ފަރާތްތަކުން ބަހައްޓާފައިވާ އެންމެހައި ތަކެތި މިހިނގާ ޖުލައި މަސް ނިމުމުގެ ކުރިން އެތަކެތީގެ ވެރިފަރާތްތަކުން ނެގުމަށް ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
06 ޖުލައި 2026