ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/43
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި:
14 ޖުލައި 2026 21:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން:
ޤާނޫނު ނަންބަރު: 7/2010"ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓާއިބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެރޭ 9:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓު ހުށަހެޅުން.
- 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި، މަސައްކަތު ތާވަލު ރައްޔިތުންނާއި ހިއްޞާކުރުން.
ވީމާ، ރަށުގެ ވީހާގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް ދަންނަވާ ޢާންމުކޮށް އިޢުލާން ކުރަމެވެ.
06 ޖުލައި 2026