ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2026/195
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:24
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައިވާ މުދާ/ތަކެތި ނެގުމާ ގުޅޭ

އިޢުލާން

ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައިވާ މުދާ/ތަކެތި ނެގުމާ ގުޅޭ

             މިއަވަށުގެ ބައެއް ގޭގެ މަގުތަކުގައި އެކި ބާވަތްބާވަތުގެ ގަސްތަކާއި، ގަސްއިންދާ އަދި އިންދާފައިވާ ޕޮޓްތަކާއި، ޖޯލިފައްޗާއި، ގަލާއި، ވެއްޔާއި، އަދިވެސް ތަފާތު އެކި ބާވަތްތަކުގެ މުދާލާއި ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން ދުއްވާ ތަކެއްޗާއި މަގުން ހިނގާ ފަރާތްތަކަށް އުނދަގޫ ވާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދާތީ، މަގުތަކުގައި ގަސް އިންދާ ހައްދާ ފަރާތްތަކުންނާއި ޕޮޓްފަދަ ތަކެތީގައި ގަސް އިންދައި ޖޯލިފައްޗާއި، ގަލާއި، ވެއްޔާއި، އަދިވެސް ތަފާތު އެކި ބާވަތްތަކުގެ މުދާލާއި ތަކެތި މަގުމަތީގައި ބަހައްޓާ ފަރާތްތަކުން އެތަކެތި ނެގުމަށާއި އެކަން ތަކުރާރު ނުކުރުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

              މަގަށް ދަތިވާގޮތަށް ހުންނަ މިފަދަ މުދާ ނުވަތަ ތަކެތި މިއަދުން ފެށިގެން ނަގައި މަގު ސާފުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

21 މުޙައްރަމް 1448

06 ޖުލައި 2026

06 ޖުލައި 2026