ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2026/44
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 14 ޖުލައި 2026 20:30
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުމާއިގުޅޭ

   

                                                                   އިޢުލާން

 

ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުމާއިގުޅޭ

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 2026 ޖުލައި 14 ވާ (އަންގާރަ) ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާ ކުރިމަތީގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފާއިތުވި 06 މަހުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯރޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިބައްދަލުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

           މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

06 ޖުލައި 2026