ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-AD/318/2026/38
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 16 ޖުލައި 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ހުޅަނގުން އޮތް ބިން ހުސްކުރަން އެންގުން

މި އިދާރާގެ ފަރާތުން ދަނޑުވެރިކަންކުރުމަށް ދޫކޮށްފައިވާ 1 އަދި 2 ނަންބަރު (ޤަބުރުސްތާނު ހުޅަނގުން ބަނދަރު ހިނގުމުގެ އުތުރުން) ބިމުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ހުރިނަމަ އެ ހުރި އެއްޗެއް 2026 ޖުލައި 06 ވަނަދުވަހުން ފެށިގެން 2026 ޖުލައި 16 ވަނަ ދުވަހުގެ ކުރިން ނަގާ ބިން ސާފު ކުރުމަށްފަހު މި އިދާރާއަށް އެންގެވުން އެދެމެވެ.

މި މުއްދަތުގައި  އެބިން ހުސްނުކޮށްފި ނަމަ އެ ބިމުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ނެތްކަމަށް ބަލާ އެ ބިމާ ކައުންސިލުން ޙަވާލުވާނެ ވާހަކަ ދެންނެވީމެވެ.

05 ޖުލައި 2026