ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1086/1086/2026/22
ޕަބްލިޝްކުރި ތާރީޚް: 06 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 13 ޖުލައި 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: (ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ)

އިޢުލާނު

މަޤާމު

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

J-457836

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން

ފިޔޯރީ ސްކޫލް، ގދ.ފިޔޯރީ

މުސާރަ

9,495.00 ރުފިޔާ

މަޤާމުގެ އެލަވަންސް

2,850.00 ރުފިޔާ

ޙާޒިރި ޢިނާޔަތް

ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޮގަނައިޒޭޝަނަލް ޕޮލިސީތައް ކަނޑައެޅުމަށް ބޭނުންވާ ޑާޓާގެ ރެކޯޑްތައް އެކުލަވާލުން.
  2. ސްކޫލުގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމުގެ ގޮތުން ސްކޫލުގައި ޢަމަލުކުރާނެ އިޖުރާއަތްތަކާއި ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވުން.
  3. ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  4. ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށާއި ސްކޫލުގެ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި ސްކޫލުގެ އެކިއެކި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
  5. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓް ސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން.
  6. ސްކޫލުގައި ބޭއްވޭ މީޓިންތަކުގެ ޔައުމިއްޔާ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ދުވަހުން ދުވަހަށް ނިންމައި ފައިލްކުރުން.
  7. ސްކޫލަށް ދުވަހުން ދުވަހަށް ލިބޭ ލިޔުންތައް އެންޓްރީކޮށް ލިބެންޖެހޭ ފަރާތްކަށް އަމާނާތްތެރިކަމާއެކު ދުވަހުން ދުވަހަށް ފޯރުކޮށްދީ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި ލިބޭ ބިލްތައް އެންޓްރީކޮށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  8. ސްކޫލަށް ލިބޭ އީމެއިލް އާއި ފޮނުވަންޖެހޭ މެއިލްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ސްކޫލަށް އެކިފަރާތްތަކަށް ފޮނުވާ އަދި ލިބޭ ލިޔުންތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވައި ލިޔުންތައް ފައިލްކުރުން.
  9. ސްކޫލަށް ލިބޭ ތަކެތި އިންވެންޓްރީއަށް އެރުވުމާއި އެތަކެތީގައި އިންވެންޓްރީ ނަމްބަރު ޖަހައި ލިޔެކިޔުން ޤަވާއިދުން ފުރިހަމަކޮށް ފައިލްކޮށް ބެލެހެއްޓުން.
  10. ސްޓޮކަށް ހޯދަންޖެހޭތަކެތި ބަޖެޓާއި ވާހަކަ ދައްކައިގެން މާލިއްޔަތު ގާނޫނާއި އެއްގޮތަށް ހޯދައި މުވައްޒަފުންގެ މަސައްކަތައް ދަތިނުވާގޮތުގެ މަތިން ފަސޭހަ ކަމާއިއެކު ލިބޭގޮތް ހަމަޖެއްސުމާއި އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.
  11. ސްކޫލުން ރާވާހިންގާ އެކިއެކި ރަސްމިއްޔާތު ތަކާއި މުނާސަބަތުތަކަށް އިމާރާތާއި ހޯލް ޒީނަތްތެރިކޮށް ތައްޔާރުކުރުވުމާއި އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކޮށް ކަނޑައެޅޭ ވަގުތަށް ނިންމުން. އަދި ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްކުގަޔާއި، ކޯކަރިކިއުލަރ ހަރަކާތްތަކުގައި ބައިވެރިވުމާއި ހަވާލުކުރާ ޒިންމާތައް ފުރިހަމަކުރުން.
  12. ސެކްޝަނުގެ ނުވަތަ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން ސްކޫލުން ޙަވާލުކުރާ، އެ މުވައްޒަފަކު ކުރަމުންގެންދާ މަސައްކަތްތައް ކުރުން.
  13. ސްކޫލަށް ކުދިން ވެއްދުމަށް އަހަރަކު 2 ފަހަރު އިއުލާންކުރުމާއި ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ސްކޫލަށް އަލަށް ވަންނަ ދަރިވަރުންނާއި ސްކޫލުން ވަކިވާ ނުވަތަ ބަދަލުވާ ދަރިވަރުންގެ މަޢުލޫމާތުތައް، ދަރިވަރުންގެ ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ދަރިވަރުންގެ ޕޯޓަލް ބެލެހެއްޓުން.
  14. މުވައްޒަފުން ގެ ޗުއްޓީ (ޢާއިލީ ޒިންމާ ޗުއްޓީ އަދި އަހަރީ ޗުއްޓީ) އަށް ފޯމު ހުށައެޅުމުން، ޗުއްޓީ ޗިޓް ތައްޔާރުކޮށް ޗުއްޓީގެ ބާކީ ބަލަމުން ދިއުން އަދި ޗުއްޓީ ޗިޓް އެމުވައްޒަފަކާއި ޙަވާލުކޮށް އެއާއި ގުޅޭ ލިޔުން މުވައްޒަފުގެ ޕަރސަނަލް ފައިލްގައި ފައިލްކުރުން.
  15. ސްކޫލުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ސެޓިފިކެޓް ތައްޔާރުކޮށް ޕްރިންޓްކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން. އަދި ސްކޫލް އިން ވަކިވާ ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ހަމަޖެހިފައިވާ ގަވައިދުގެ މަތިން ހެދުމަށްފަހު ޙަވާލުކުރުން.
  16. އޮފީސް ހުޅުވުމާއި ލެއްޕުން އަދި ސްކޫލުގެ އެހެން އިމާރާތް ހުޅުވައި ލެއްޕުން.
  17. މަސައްކަތާ ގުޅޭގޮތުން ފައިލްކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.
  18. ނީލަންކިޔަންޖެހޭ ތަކެއްޗާއި ހަލާކުވެ ބޭނުން ނުކުރެވޭ ތަކެތީގެ ރަޖިސްޓްރީ ގަވާޢިދުން ޕްރިންސިޕަލާ ހިއްސާކުރުން.
  19. މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން، ލީޑިންގ ޓީޗަރުން ޙަވާލުކުރައްވާ އެންމެހާ މަސައްކަތް ކުރުން.
  20. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، މަސައްކަތުގެ ދާއިރާގެ ތެރެއިން ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެންޑް ފައިނޭންސް 
  3. އެޑްމިނިސްޓްރޭޝަން 
  4. އޮޑިޓިންގ 
  5. ބިޒްނަސް 
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ 
  8. ބިޒްނަސް މެނޭޖްމަންޓް 
  9. ކޮމާރސް 
  10. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ 
  11. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ 
  12. ކޮމްޕިއުޓަރ ޕްރޮގްރާމިންގ 
  13. ކޮމްޕިއުޓަރ ސައިންސް 
  14. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ 
  15. ކޮމްޕިއުޓިންގ 
  16. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ 
  17. އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 
  18. ފައިނޭންސް 
  19. ފައިނޭންޝަލް މެނޭޖްމަންޓް 
  20. ފައިނޭންޝަލް ޕްލޭނިންގ 
  21. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން 
  22. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  23. އިންފޮމޭޝަން ޓެކްނޮލޮޖީ 
  24. އިންޓަރނަލް އޮޑިޓިންގ 
  1. އިންވެންޓްރީ މެނޭޖްމަންޓް 
  2. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  3. އިސްލާމިކް ފައިނޭންސް 
  4. ލޮޖިސްޓިކްސް މެނޭޖްމަންޓް 
  5. މެނޭޖްމަންޓް 
  6. ނެޓްވަރކިންގ 
  7. އޮޕަރޭޝަންސް މެނޭޖްމަންޓް 
  8. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް 
  9. ޕްރޮކިއުމަންޓް މެނޭޖްމަންޓް 
  10. ޕްރޮގްރާމިންގ 
  11. ޕްރޮޖެކްޓް މެނޭޖްމަންޓް 
  12. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  13. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  14. ޕަބްލިކް ފައިނޭންސް 
  15. ޕަބްލިކް މެނޭޖްމަންޓް 
  16. ޕާޗޭސިންގް 
  17. ކުއަންޓިޓީ ސަރވެއިންގ 
  18. ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 
  19. ސްކޫލް މެނޭޖްމަންޓް 
  20. ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން 
  21. ސޮފްޓްވެއަރ އިންޖިނިއަރިންގ 
  22. ސަޕްލައި ޗެއިން މެނޭޖްމަންޓް 
  23. ސިސްޓަމް އެޑްމިނިސްޓްރޭޝަން 
  24. ވެބް ޑިވެލޮޕްމަންޓް

ޕްރިފަރޑް ޑިސިޕްލިން

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ފިޔޯރީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި(ލިޔެފައިވާ ލިއުންތައް ކިޔަންއެގޭ ގޮތަށް) ޕީޑީއެފް ކުރެއްވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް، އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/ޕްރެސެންޓޭޝަން/އެސެސްމަންޓް އޮންނާނީ ، 2026 ޖުލައި 19 އާއި 2026 ޖުލައި 30 އާ ދެމެދު، ފިޔޯރީ ސްކޫލުގައެވެ. މި އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑި ކެނޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއި އެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983086 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 ޖުލައި 2026