ދިވެހިރާއްޖެ
ގދ. ރަތަފަންދޫގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ރޫޙު ދިރުވުމުގެ މަޤްޞަދުގައި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީގެ ފަރާތުން "އެންމެން އެއްކޮށް" ނަމުގައި ޚާއްޞަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތްތައް ކުރިއަށްދާނީ 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުއެވެ.
މި ޙަރަކާތުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ:
ކުއިޒް މުބާރާތް
ރައިވަރު ކިޔުން
ބަނދި ކިޔުން
ޅެން ކިޔުން
ބަހުސްކުރުން
މަދަހަ ކިޔުން
ޑްރާމާ ކުޅުން
ކުރެހުމުގެ މުބާރާތް (ކުޑަކުދިންނަށް ޚާއްޞަ)
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަަމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާއެކު މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ގެޒެޓްކުރެވިފައިވާނެއެވެ.
https://forms.office.com/r/AsQry6gsbr
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 9553048 ނުވަތަ 9497932 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.