ދިވެހިރާއްޖެ
އިޢުލާނު
ވޭޖް އެމްޕްލޯއީމަންޓް ވަޒީފާގެ ފުރުޞަތު (މުދިމް/އިމާމް)
މިރަށުގެ މިސްކިތްތަކުގެ އިމާމް / މުދިމް މަޤާމުގެ މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ
|
މަޤާމް: |
އިމާމް / މުދިމް |
||||||||
|
މަޤާމުގެ ގިންތި އާއި މުއްދަތު: |
1އަހަރު (ވަގުތީ) |
||||||||
|
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
||||||||
|
މަސައްކަތުގެ ޝަރުތު: |
|
||||||||
|
މަސައްކަތުގެ އުޖޫރަ: |
|
||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ |
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން. |
1. އޮފީހުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން. 2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން. 3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން. 4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުމާއި އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން. 5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ މަސައްކަތްކުރުން. 6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އޮފީހުން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި އެފަދަލިއުމެއް ހުރިނަމަ އޮފީހަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ އޮފީހަށް އެކަން އަންގާ އެ ލިޔުމެއް ނައްތާލުން. 7. މިސްކިތްތަކާއި މިސްކިތްތަކުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ އޮފީހުން އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން 8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން. 9. އޮފީހުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމުވެ ކުރުން. 11. މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. |
||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. 2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.) 3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން. 5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 1.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 3.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
||||||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 އިގެ ޗެޕްޓަރ 10 "މިސްކިތު މުވައްޒަފުން" ގެ 127 ވަނަ މާއްދާ "މިސްކިތު މުވައްޒަފުންގެ ބަދަލުގައި މީހުން ހަމަޖެއްސުން" ގައިވާ ގޮތުގެމަތިން، މިސްކިތު އިމާމުންނާއި މުދިމުންގެ ބަދަލުގައި، އެ މުވައްޒަފު މަސައްކަތްކުރާ އިދާރާ ފިޔަވައި އެހެން އިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކަށް، އެ މުވައްޒަފެއްގެ މަސައްކަތަށް ބުރޫނާރާ ގޮތަށް ވަގުތީ ގޮތުން މުދިމްކަން / އިމާމުކަން ކުރެވިދާނެއެވެ. މި ވަޒީފާއަށް އެދޭ ފޯމު ފޭދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖުލައި 2026 ވާ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.
|
||||||||
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 05 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ޖުލައި 2026 އާއި 06 އޮގަސްޓް 2026 އާއި ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާގައިއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |