ބީލަން
ނަންބަރު: (IUL)419/419/2026/52
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 13 ޖުލައި 2026 11:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ މިސްކިތްތަކުގައި ހުރި މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމާއި ގުޅޭ

ގދ.ގައްދޫ މިސްކިތްތަކުގައި ހުރި މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމާއި ގުޅޭ

 

ގދ.ގައްދޫގެ މިސްކިތްތަކުގައި ހުރި މަރާމާތު މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް ކޮށްދޭނެ ބަޔަކު ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތްތައް:

  1. ގދ. ގައްދޫ މަސްޖިދުލް އަމީން އަދި މަސްޖިދުލް ތަޛުކިރާގެ ދިޔަ ދޮވި އަދި ފެންބާލާ ރަގަޅު ކުރުން.
  2. ގދ. ގައްދޫ މަސްޖިދުލް އަމާނާތު އަދި މަސްޖިދުލް ފާތިމާގެ ކަރަންޓް މައްސަލަ ރަގަޅު ކުރުން.
  3. ގދ. ގައްދޫ މަސްޖިދުލް އަމީންގެ މުންނާރުގެ މަތީގައި އަޅާފައިވާ މަތިގަނޑު ހަދައި މުންނާރުގެ ހަރުކޮށްފައިވާ ލައުޑް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ރަގަޅުކޮށް ލައުޑަށް އަޅާފައިވާ ކޭބަލް ބަދަލުކުރުން.
  4. ގދ. ގައްދޫ މަސްޖިދުލް އަމާނާތުގެ ފާޚާނާބަރީގެ ތަށިމުށި ބަދަލު ކުރުން. ( ޓައިލްސް ދިނުމުން )
  5. ގދ. ގދ.ގައްދޫ މަސްޖިދުލް ތަޛުކިރާގެ ސްކުރޫ ބަރިއަށް ސަޕްލައިފެން ގުޅައި ދިނުން.
  6. ގދ. ގައްދޫ މަސްޖިދުލް ތަޛުކިރާގެ ވޯކްވޭގައި ތަށިމުށި ޖެހުން.
  7. ގދ. ގައްދޫގެ މިސްކިތްތަކުގެ ހަލާކުވެފައިވާ ދޮރު ތަކުގެ ތަންޑު އަދި ހުޅު ބަދަލުކުރުން.
  8. ގދ. ގައްދޫ މަސްޖިދުލް އަމާނާތުގައި ހުރި ގާޑަން ލައިޓްތައް ނަގައި ކައުންސިލުން ލައިޓް ދިނުމުން، ގާޑަން ލައިޓް ބުޑް އެޅުމަށްފަހު ލައިޓް ހަރުކުރުން، އަދި ގޭޓް ލައިޓް ބަދަލުކުރުން.
  9. ގދ.ގައްދޫ މަސްޖިދުލް ފާތިމާގައި ހަލާކުވެފައިވާ ގާޑަން ލައިޓް ބަދަލުކުރުން އަދި މުންނާރުގެ ލައިޓް ބަދަލުކުރުން.
  10. ގދ.ގައްދޫ މަސްޖިދުލް ތަޛުކިރާގެ އެތެރެއާއި ބޭރުގެ ވޯލްލައިޓް ބަދަލުކުރުމާއި، ޗާންދަލިއާ ބަދަލުކުރުން.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 7905301 ނަންބަރަށް ގުޅުއްވުން އެދެމެވެ.

މިއިއުލާގައިވާ މަސައްކަތް ތަކުގެ ތެރެއިން ވަކިވަކި މަސައްކަތަށްވެސް ކޯޓޭޝަން ހުށަހެޅިދާނެއެވެ. އަދި ހުރިހާ މަސައްކަތަށް އެއްކޮށްވެސް ކޯޓޭޝަން ހުށަހެޅިދާނެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ގދ.ގައްދޫ ކައުންސިލް އިދާރާގެ [email protected] މައިލް އަށް ނުވަތަ އިދާރާގެ ކައުންޓަރ އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 ޖުލައި   2026

 

05 ޖުލައި 2026