ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/51
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 12 ޖުލައި 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނޭ ކައުންސިލް މިނިވަން ވޮލީ މުބާރާތު 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

2026 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްސަކޮށްގެން "ފިނޭ ކައުންސިލް މިނިވަން ވޮލީ މުބާރާތް 2026" ގެ ނަމުގައި ވަންޑޭ ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވޮލީ މުބާރާތް އޮންނާނީ 25 ޖުލައި 2026 އިން 27 ޖުލައި 2026 އަށެވެ. މުބާރާތް ކުރިއަށް ގެންދާނީ މަދުވެގެން 2 ޓީމު ބައިވެރިވާނަމައެވެ.

މިނިވަން ވޮލީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ  ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރެޖިސްޓަރވުން އެދެމެވެ.

ގޫގުލް ފޯމް ލިންކް: https://shorturl.at/nGiAv

މި މުބާރާތުގެ ގަވާއިދު އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 9179822 އަށް ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުލައި 2026