ދިވެހިރާއްޖެ
އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39ވަނަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފީމެވެ.
(ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މި ވާ 2 ބަޔަށެވެ.
- ވާހަކަދެއްކުމުގެ ބައި
1.1 އިސްކޫލުތަކުގެ ބައި
ހ. ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)
ށ. ސާނަވީ ގިންތި (ކީ ސްޓޭޖް 4)
ނ. މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)
1.2 އަމިއްލަ ފަރާތްތަކުގެ ބައި
ހ. 18 އަހަރުން ދަށުގެ އުމުރުފުރާ
ށ. 18 އަހަރުން މަތީގެ އުމުރުފުރާ
- ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި)
2.1އޮފީސް/ކުންފުނި/ޖަމުއިއްޔާ/ޖަމާއަތްތައް/ކުލަބު/ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/ އެކެޑަމީތަކުގެ ޓީމުތަކުގެ ބައި
(ށ) މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 2026 އޮގަސްޓު 11އިން 30އަށެވެ.
(ނ) މުބާރާތުގެ އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަދައްކާނެ މައުލޫތައް މުބާރާތުގެ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިން އާންމުކުރާނެއެވެ.
(ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ފުރިހަމަކުރަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާނީ https://forms.gle/vmz5DsTFByP99YZv7 މި ލިންކުންނެވެ.
(ށ) މުބާރާތާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ، އެ ކަމެއް ހުށަހަޅާން ވާނީ އެ ކަމަށް ކަނޑައަޅައިފައިވާ ގޫގުލް ފޯމު https://forms.gle/zCL37HkEBoQnXKrbA މެދުވެރިކޮށެވެ.
(ނ) "ޝަކުވާ ހުށަހަޅާ ފޯމު" ހުށަހެޅުމުގެ ސުންގަޑިއަކީ މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރު ފަހު 12:00އެވެ.
(ބ) މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި މޭލުކުރާނީ [email protected] އަށެވެ.
(ޅ) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816ން ލިބޭނެއެވެ.