ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2026/53 (21 ޖޫން 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީގެ މަޤާމަށް ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން ފިޒިކަލް ފިޓްނަސް ޓެސްޓަށް ޝޯޓްލިސްޓްވެ ބައިވެރިވި ފަރާތްތަކުގެ ނަތީޖާއާއި، އިންޓަވިއުއަށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ސްޓެޓަސް މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 05 ޖުލައި 2026 އިން 08 ޖުލައި 2026 އާއި ދެމެދު ކަސްޓަމްސް ހެޑް އޮފީސް (ކަސްޓަމްސް ބިލްޑިންގ) ގައެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި އެފަރާތްތަކަށް އަންގަމުންދާނެ ކަމުގައި ދަންނަވަމެވެ.
މިހާތަނަށް އާންމުކުރެވިފައިވާ މައުލޫމާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، 2026 ޖުލައި 06 ވަނަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.