ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2026/107
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 09 ޖުލައި 2026 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޕްރިންސިޕަލް ސޯޝަލް ބެނެފިޓްސް އޮފިސަރ

                                            

އިޢުލާނު

މަޤާމު:

ޕްރިންސިޕަލް ސޯޝަލް ބެނެފިޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ސޯޝަލް ރެޖިސްޓްރީ ޔުނިޓް

މަސައްކަތު ގަޑި

08:00 އިން 16:00 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 11620.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5420.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/145 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ޔުނިޓްގެ މުވައްޒަފުންނަށް ފޯރުކޮށްދީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ދެވޭ އެހީގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ އެހީގެ ޕްރޮގްރާމްތަކަށް އެދި ހުށަހަޅާ ފޯމުތައް އެކަމަށް ކަނޑައެޅިފައިވާ ޑޭޓާބޭސް (އެސް.ޕީ.އައި.އެސް) އަށް އެޅުމުން އޭގައި ހިމެނޭ މަޢުލޫމާތު ވެރިފައިކޮށް ފޯމުތައް ޕްރޮސެސްކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެކަން ފާހަގަކޮށް މުވައްޒަފުންނަށް އިރުޝާދު ދިނުން.
  3. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އެހީގެ ޕްރޮގްރާމްތަކަށް އެދި ހުށަހަޅާ ފޯމުތައް ވެރިފައި ކުރުމަށްފަހު ފޯމުތަކަށް ގޮތެއް ނިންމުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއާ ގުޅޭ ކޮމިޓީއަށް ފޯމުތައް ހުށަހަޅައި ފޯމުތައް ނިންމުމަށް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  4. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއާ ގުޅޭ ކޮމިޓީއިން ފޯމުތައް ނިމުމުން އެފޯމުތަކަށް ޖަވާބުދިނުމަށް މުވައްޒަފުންނަށް އިރުޝާދުދީ އަދި ކަނޑައެޅިފައިވާ މުއްދަތުގައި ފޯމުތައް ޕްރޮސެސްކުރެވި ފޯމު ހުށަހަޅާ ފަރާތްތަކަށް ޖަވާބުދެވޭކަން ކަށަވަރުކުރުން.
  5. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން މާލީއެހީ ލިބޭފަރާތްތަކުގެ ލިސްޓުތައް މަހުންމަހަށް އަދާހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މުވައްޒަފުންނަށް އިރުޝާދުދީ އަދި ގެނެވޭ ބަދަލުތައް ވެރިފައިކޮށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭކަން ކަށަވަރުކުރުން.
  6. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މާލީއެހީ ލިބޭ ފަރާތްތަކަށް އެހީ ދިނުމުގެ ގޮތުން ކޮންމެ މަހަކު އެހީލިބޭ ފަރާތްތަކުގެ ލިސްޓް ޑޭޓާބޭސްއިން ޖެނެރޭޓް ކުރުމަށްފަހު، ވެރިފައިކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސް ސެކްޝަނަށް ލިސްޓް ހަވާލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  7. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން ދެވޭ މާލީއެހީގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ގަވާއިދުން ބަލައި ސުޕަވައިޒް ކުރުމާއި، ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ދިމާވާ ކަންތައްތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  8. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަޤީރުކަމުގެ ހާލަތަށް ރިޢާޔަތްކޮށް އެފަރާތްތަކަށް އަމާޒުކުރެވިގެން ދެވޭ އެހީތަކާ ގުޅިގެން ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް (އެސް.ޕީ.އައި.އެސް) އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ބަދަލުތައް ސެކްޝަންގެ ވެރިއާގެ އިރުޝާދުގެ ދަށުން ސޮފްޓްވެއަރ ޑިވެލޮޕަރ އާ ހިއްސާކޮށް އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކުގެ ގަވާއިދާއި ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެސް.ޕީ.އައި.އެސް އަށް ގެންނަން ޖެހޭ ބަދަލުތަކާގުޅޭ ފަންނީ ލަފައާއި އިރުޝާދު ސޮފްޓްވެއަރ ޑިވެލޮޕަރ އަށް ދީ އެކަން ކުރެވޭކަން ކަށަވަރުކުރުން. އަދި އެބަދަލުތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުން.
  10. ޔުނިޓުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.
  11. އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ދެވޭ މާލީއެހީގެ ޕްރޮގްރާމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ ކަނޑައެޅޭ މުއްދަތުތަކުގައި ހިއްސާކުރުން.
  12. އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ޕްރޮގްރާމް ސެކްޝަންގެ ފަރާތުން ވިލަރެސްކުރުމާއި، ޕްރޮގްރާމްތަކާ ގުޅޭގޮތުން އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެޖެންސީއިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސް ތަކާއި ރިޕޯޓުތައް ސެކްޝަން އަދި އެޖެންސީގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކޮށް އެޖެންސީ ތަމްސީލު ކުރަންޖެހޭ ހާލަތްތަކުގައި އެޖެންސީ ތަމްސީލުކުރުން.
  13. މިއެޖެންސީގެ އެހެނިހެން ކޮމިޓީތަކަށް އައްޔަންކުރެވޭ ހާލަތުގައި، މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް      9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް      7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ  
  2. އެޑްމިނިސްޓްރޭޝަން  
  3. ބިޒްނަސް  
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  5. ބިޒްނަސް މެނޭޖްމަންޓް  
  6. ކައުންސެލިންގ  
  7. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  8. އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން  
  9. ފައިނޭންސް  
  10. ޖެންޑަރ ސްޓަޑީޒް  
  11. އިންޝުއަރަންސް އެންޑް ޕެންޝަން މެނޭޖްމަންޓް  
  12. މެނޭޖްމަންޓް  
  13. ޕްރައިމަރީ ހެލްތް ކެއަރ  
  14. ސައިކޮލޮޖީ  
  15. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  16. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  17. ޕަބްލިކް މެނޭޖްމަންޓް  
  18. ރީހެބިލިޓޭޝަން ސައިންސް  
  19. ސޯޝަލް ޑިވެލޮޕްމަންޓް  
  20. ސޯޝަލް ސަރވިސަސް  
  21. ސޯޝަލް ވޯރކް  
  22. ސޯޝިއޮލޮޖީ  
  23. ސްޕެޝަލް އެޑިޔުކޭޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމާގުޅޭ ނުވަތަ ފައިސާއާއި ހިސާބު ބެލެހެއްޓުމާގުޅޭ ނުވަތަ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 ޖުލައި 12 އާއި2026 އޮގަސްޓު 11 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ re[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  

04 ޖުލައި 2026