ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-298/2016/05
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 04 ޖަނަވަރީ 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ: އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ: -/5،610 ރުފިޔާ             

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ޕްލޭނިންގ / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން  ޓެކްނޮލޮޖީގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ   ލެވެލް   4   ގެ   ސަނަދެއް   ހާސިލުކޮށްފައިވުމާއެކު،   މަޤާމުގެ  މަސައްކަތުގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޕްލޭނިންގ / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ޕްލޭނިންގ / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ ތަރއްޤީގެ ޕްލޭން އެކުލަވައިލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ކުރުން.
  2. ރަށާބެހޭ ތަފާސްހިސާބު ނަގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ރަށުގެ ބިންބިމުގެ ދަފްތަރު، އަންނަ ބަދަލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  4. ބިމާއި، ގޯތި، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ޕްރީސްކޫލާއި ޤުރްއާނާބެހޭ މަރުކަޒުގެ އަލިފުށީ ގޮފީގެ މަސައްކަތްތައް އިދާރީގޮތުން ބެލެހެއްޓުން.
  6.  ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައްކުރުން.
  7. ރަށުގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށް، އެ ޕްލޭން އަޕްޑޭޓްކުރުމާއި، ރަށުގެ ޗާޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ކައުންސިލްގެ ބެލުމުގެދަށުން ޚިދުމަތްދެވޭ ތަންތަނަށާއި، ކައުންސިލްގެ އުޅަނދުފަހަރަށާއި، ރަށުގެ މަގުތަކަށާއި، ޕާކުފަދަ ތަންތަނަށް ނަންދިނުމާއި، ނަން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ރަށުން، އެކިބޭނުންތަކަށް ދޫކުރެވޭ ބިން ދޫކުރުމާއި،  ދިރިއުޅުމަށް ގޯތި ދޫކުރުމާއި، ބިންބިމާއި ގޯތިތައް ވަކިކޮށްދިނުމާއި، ގޯތިތަކުގައި ހުންނަ ރުއްގަހާއި މުދަލުގެ ބަދަލު ހަމަޖެއްސުމާބެހޭ އެންމެހައި އިދާރީ ކަންތައްތައް ކުރުން.
  10. ޤަވާޢިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ ކަންތައްތައް ހިނގަމުންދޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅުތައް އެޅުން.
  11. ޢިމާރާތްކުރުމުގެ ހުއްދަދިނުމާބެހޭ މަސައްކަތްތައް ކުރުން.
  12. މީގެ އިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރު.
  4. އިންޓަވިއު.

އިންޓަވިއު، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑިއާއި ތަން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580021 އެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580021 އެވެ. އީ-މެއިލް ކުރާނީ، [email protected]  އަށެވެ.           

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016