ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2026/47
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 23:07
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގު ކޮންޓްރޯލްކޮށްފައިވާ މުދާ ވިއްކުމާއި ގުޅޭ

އަގު ކޮންޓްރޯލްކޮށްފައިވާ މުދާ ވިއްކުމާއި ގުޅޭ،

 

           މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަގު ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ޤަވާއިދާއި ޚިލާފަށް ގައްދޫގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާކަން ވަނީ މި ކައުންސިލުގެ ސަމާލުކަމަށް އައިސްފައެވެ. މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމާއިބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ ހ. ށ. އަދި ނ ގައި ވަރަށް ސާފުކޮށް އަގު ކޮންޓްރޯލް ކުރެވިފައިވާ މުދާ ވިއްކާނެގޮތް ވަނީ ބަޔާންކޮށްދީފައެވެ.

 

 މިއިން އެއްވެސް ބާވަތެއް ޕެކެޓް ކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ފަދައިން ޕެކެޓް ކުރުމަށް ހިނގާ ޚަރަދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ލިޔުމަކުން ހުށައަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

              މި ގަވާއިދާއި ޚިލާފަށް މުދާ ވިއްކާ ވިޔަފާރިވެރިންގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑަށް ރިޕޯޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މި ގަވާއިދާއި ޚިލާފަށް ކޮންޓްރޯލް ކުރެވިފައިވާ ކާޑުގެ ބާވަތްތައް ވިއްކާ ވިޔަފާރިތަކާއި މެދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފުރަތަމަ ފިޔަވަޅަކަށް 100،000 (އެއް ލައްކަ ރުފިޔާ) އިން ޖޫރިމަނާކުރާނެއެވެ. އަދި ކުށް ތަކުރާރު ކޮށްފިނަމަ 06 މަސް ދުވަހަށް ފިހާރަ ބަންދު ކުރުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޖުލައި 2026