ތަމްރީނު
ނަންބަރު: BAM-IUL-2026-031
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 19:06
ސުންގަޑި: 07 ޖުލައި 2026 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮލިމްޕިކް ސޮލިޑަރިޓީ ޓެކްނިކަލް ކޯސް ފޯރ ކޯޗަސް (ބީ.ޑަބްލިއު.އެފް ލެވަލް 1) ރިފްރެޝަރ ކޯސް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މިއެސޯސިއޭޝަން ގުޅިގެން 20 ޖުލައި އިން 25 ޖުލައި އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސޮލިޑަރިޓީ ޓެކްނިކަލް ކޯސް ފޯރ ކޯޗަސް (ބީ.ޑަބްލިއު.އެފް ލެވަލް 1) ރިފްރެޝަރ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ރިފްރެޝަރ ކޯސް އަމާޒުކޮށްފައި ވަނީ ބީ.ޑަބްލިއު.އެފް ލެވަލް 1 ސެޓިފިކެޓް ލިބިފައިވާ ކޯޗުންނަށް ކަމުން މިކޯހުގައި އެފަރާތްތަށް އެސެސް ކުރުމަށްފަހު ލެވަލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަންވެސް ދަންނަވަމެވެ.

ވީމާ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ފަރާތްތަކުން 7 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބައިވެރިވުމަށް އެދި އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިލް ކުރައްވާނީ: ސިވީ އަދި އައިޑި ކާޑު ކޮޕީ އާއިއެކު [email protected]

 

ކޯހަށް ބައިވެރިން ހޮވުމުގައި މިވަގުތު އެކްޓިވްކޮށް ޙަރަކާތްތެރިވާ މާލެ އަދި އަތޮޅުތެރޭގެ ފަރާތްތަކަށް އިސްކަން ދެވޭނެކަންވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ޖުލައި 2026