ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/34
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 12 ޖުލައި 2026 13:30
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން:

ޤާނޫނު ނަންބަރު: 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 2 ވަނަ މާއްދާގައިވާ ގޮތުން ރައްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި ސަގާފީ ގޮތުން ރައްރަށުގައި ދިރުއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތްލިބޭނެ މަގު ފަހިކޮށްދީ، ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމު ކުރުމަށް ލާޒިމްކޮށްފައިވެއެވެ. އެހެންކަމުން، ދ. މީދޫގެ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އެންމެ ފުޅާ ދާއިރާއެއްގައި އޮތުމަށް މިކައުންސިލުން ބޭނުންވާތީ، ދ.މީދޫ ކައުންސިލަށް އިންތިޚާބުކުރެވުނު 05 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް ތިރީގައި މިދަންނަވާ ދާއިރާތައް ހިމަނައިގެން އެކުލަވާލުމަށް ނިންމައި ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

1-      މަސްވެރިކަމުގެ ދާއިރާ

2-      ޒުވާނުން

3-      ދަނޑުވެރިކަމުގެ ދާއިރާ

4-      ފަތުރުވެރިކަމުގެ ދާއިރާ

5-      އަންހެނުން

6-      އިންޖިނިއަރިންގެ ދާއިރާއިން

7-      ކަނޑުދަތުރު ކުރުމުގެ ދާއިރާ

ކޮމެޓީ އެކުލެވިގެންވާ ގޮތް:

މަތީގައިވާ ކޮންމެ ދާއިރާއަކުން 01 މެމްބަރުން

ކައުންސިލުގެ ރައީސް، ނައިބް ރައީސް އަދި މެމްބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓިގެ ރައީސް އަދި ނާއިބް ރައީސް.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

ޖުމްލަ 13 މެމްބަރުން

 

ކޮމެޓީގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ރަށުގެ ތަރައްޤީގެ ޕްލޭނު އެކުލަވާލުމުގައި ލަފާދިނުން.
  • ކައުންސިލްގެ އަހަރީ މަސައްކަތު ޕްލޭން އާއި ބަޖެޓް ތައްޔާރު ކުރުމުގައި ބޭނުންވާ ބިނާކުރަނިވި ޚިޔާލާއި މަޝްވަރާ ދިނުން.
  • ރައްޔިތުންނާއި ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން.
  • މީގެ އިތުރުން ކައުންސިލުން އެދޭ މުހިންމު ކަންކަމުގައި ޚިޔާލާއި މަޝްވަރާ ދިނުން.

 

ވީމާ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން، އެފަރާތެއް ކުރިމަތިލާ ދާއިރާ އެނގޭނެގޮތަށް 12 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ސިޓީއަކުން  ނުވަތަ މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް ވައިބަރއަށް މެސެޖް މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހެޅުމަށްވެސް ދެންނެވީމެވެ.

އީމެއިލް: [email protected]

ކައުންސިލް ވައިބަރ: 7730042

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޖުލައި 2026