ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2016/03
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 03 ފެބުރުވަރީ 2016 13:30
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސުޓާފް ގްރޭޑް 1 

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ލ. ގަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ  ސެކްޝަން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ގޯތިތެރެ ކުނިކަހައި ދުވަހުން ދުވަހަށް ސާފުކުރުން. ޚާއްޞަކޮށް އެސެމްބްލީ އޮންނަ ދުވަސްދުވަހު އެސެމްބްލީ އޮންނަ ސަރަހައްދެއް އެސެމްބަލީ ފެށުމުގެ ކުރިން ފޮޅައި ސާފުކުރުން.
  2. ސުކޫލުން އަންގާގޮތެއްގެމަތިން ސުކޫލުގެ ގޭޓުގެ ކުރުމަތި ފޮޅައި ސާފުކުރުން.
  3. ކުލާސްރޫމްތަކާއި ސްކޫލް އޮފީސް އިމާރާތާއި، ސްޓާފްރޫމް ލީޑިންގ ޓީޗަރސް ރޫމް ލެބްތައް ދުވަހުން ދުވަހަށް ފޮޅައި ސާފުކުރުމާއި މޮޕްލުން.
  4. ފާޚާނާތައް ދުވަހުން ދުވަހަށް ސާފުކުރުން.
  5. ސްކޫލުން އަންގާގޮތެއްގެމަތިން ޕްރީ ސްކޫލް ކުލާހާއި ޕްރައިމަރީ ކުލާސްތައް ކައިރީގައި ޑިއުޓީކުރުން.
  6. އިމްތިޙާނު ދުވަސްވަރު ސްކޫލުގެ އޮފީހުން އަންގާ ގޮތެއްގެމަތިން އިމްތިޙާނު ހޯލުތައް ރޭވުމާއި، އިމްތިޙާނު ނިމުމުން ކުލާސްތައް އަލުން ރޭވުން.
  7. ސްކޫލުން ހަމަޖައްސާގޮތެއްގެމަތީން ސްކޫލުގެ ގޯތިތެރެ ވިނަ ކޮށައި/ ވިނަނޮޅައި، ޤަވައިދުން ސާފުކުރުން.
  8. ސުކޫލުގައި އުފެދޭ ކުނި އުކާލައި ނައްތައިލުމުގައި ސުކޫލުން ކަނޑައަޅާ ސަރަހައްދަކަށް ގެންގޮސް ހުސްކުރުން.
  9. މުހިންމު ރަސްމިއްޔާތުތަކަށް ސްކޫލުގެ ހޯލު ފޮޅައި ސާފުކުރުމާއެކު ގޮނޑިޖެހުން.
  10. ސުކޫލުން އިންތިޒާމުކޮށްގެން ސުކޫލުގައި ބޭއްވޭ ޚާއްޞަ ޙަފުލާތަކާއި ޑިނަރ ނައިޓް ފަދަ ހަރަކާތްތައް ނިމުމުން، ބޭނުންކުރި ތަކެތި ނަގައި ސާފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  11. ސްކޫލުގެ އޮފީހުން އަންގާގޮތެއްގެމަތިން ސްކޫލުގެ އެންމެހައި އިމާރާތްތަކެއްގެ ބިއްލޫރިތަކާއި ފަންކާތައް ފޮޅައި ސާފުކުރުން.
  12. ސްކޫލްގެ ދަރިވަރުންނާއި ސްޓާފުންނަށް ހިންގޭ ތަފާތު ޓްރެއިނިންގތަކާއި، ވޯރކްސޮޕްތަކާއި، ކޭމްޕުފަދަ ހަރަކާތްތަކުގައި ސްކޫލުން އަންގާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިއުޓީ ކުރުން.
  13. ދަރިވަރުންނަށް ހިންގޭ ތަފާތު އަދަބީ މުބާރާތްތަކާއި، ކުޅިވަރު މުބާރާތްތައް ނިމުމުން، ތަނުގައި ބޭނުންކުރި ތަކެތި، ސްކޫލުން އަންގާ ގޮތެއްގެމަތިން ނަގައި ރައްކާކުރުން.
  14. ސްކޫލުން އަންގާގޮތެއްގެމަތިން، ސްކޫލުގެ އިސްވެރިޔާ ހުންނަވާ އެޕާޓްމަންޓް ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:                                                  

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިސް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ- ސްކޫލެއްގައި ކިޔަވައި ނިންމާފައިވާނަމަ، ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 3 ވާ ބުދަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ 6800012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016