ދިވެހިރާއްޖެ
ހއ.އިހަވަންދޫ އާޒާދީބަހާރާއި އެއްއިންވެގެން ހުޅަނގަށް އޮތް 3800 އަކަފޫޓުގެ ހުސްބުމުގައި އަދި އެބިމާއި އިންވެގެން އޮތް ހަވީރީހިނގުމުގެ ހުޅަނގަށް އޮތް 4800 އަކަފޫޓުގެ ހުސްބިމުގައި ޕާކެއް/މައިޒާނެއް ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ހިލޭސާބަހަށް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ކޮންސެޕްޓް ޑިޒައިން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރީ ކުރެއްވުމަށްފަހު ޕްރޮޕޯސަލް/ ޑިޒައިން ހުށަހެޅުމަށް ދެންނެވީމެވެ. ރަޖިސްޓަރީވުމަށް އެދޭފަރާތްތަކުން އޮންލައިން ފޯމް ފުރުއްވުން އެދެމެވެ. ފޯމުގެ ލިންކް އިއުލާނުގައި ހިމެނިފައި ވާނެއެވެ. ޕްރޮޕޯސަލް/ޑިޒައިން ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. މައުލޫމާތު މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ. ކޮންސެޕްޓް ޑްރޯވިންގ ފޮނުވާނީ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އީމެއިލް އަށެވެ.
އީމެއިލް: [email protected]
ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް: https://forms.office.com/r/pSHxsma9Gu
|
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ރަޖިސްޓަރީ ކުރުމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން |
ތާރީޙް |
ގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
09 ޖުލައި 2026 |
23:59އަށް |
|
ކޮންސެޕްޓް ހުށަހެޅުމުގެ ސުންގަޑި |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
02 އޮގަސްޓް 2026 |
13:00އަށް |
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
17 މުޙައްރަމް 1448