ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2026/730
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 13 ޖުލައި 2026 13:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް - އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

 (IUL)38-DC/38/2026/730 :ނަންބަރު

 

އިޢުލާން

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް - އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

2026 އޮގަސްޓް 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، 2026 ޖުލައި 2 ވީ ބުރާސްފަތި ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އަދި ވ.ރަކީދޫ ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ  2026 ޖުލައި 2 ވީ ބުރަސްފަތި ދުވަހުން ފެށިގެން 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv) މެދުވެރިކޮށެވެ. މި މުއްދަތުގައި ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެއެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ޖުލައި 2026