ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/36
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 10 ޖުލައި 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

                ރަށުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދު ތަކާއި އެނޫންވެސް ސަރަޙައްދު ތަކުގައި މަގުމައްޗަށް އުނދަގޫވާ ގޮތަށް އިންދާފައި ހުންނަށް ބޮޑެތި ރުއްގަސް 09 ޖުލައި 2026 ވަނަ ދުވަހުގެ ކުރިން އެރުއްގަހުގެ ވެރިފަރާތުން ނަގައި އެތަނެއް ސާފު ކުރުމަށް ހަނދާންކޮށްދެމެވެ. އަދި މަގު މައްޗަށް ވާގޮތަށް ގަސްގަހުގައި ވިއްދާފައި ހުންނަ ދަނޑިފަދަ ތަކެތިވެސް ނަގައި މަގު ހިނގާ ޢާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން ޢަމަލުކުރުމަށް ދެންނަވަމެވެ.

ވީމާ، މީހުން ދިރިއުޅޭ ގޯތިތަކާއި ގުޅިގެން ހުރި މިފަދަ ރުއް، ގަސް ނަގައި، ގޮފިކޮށައި ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން ޢަމަލު ކުރުމަށް ދަންނަވަމެވެ. އަދި ގޯތިތަކާއި ގުޅިފައިނުވާ ސަރަހައްދު ތަކުގައި މަގަށް އުނދަގޫވާހެން އިންދާފައިވާ ތަކެތި މިދެންނެވި ތާރީޚްގެ (09 ޖުލައި 2026) ފަހުން މިކައުންސިލުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޖުލައި 2026