ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2026/51
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 02 ޖުލައި 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި އަމަލީ އިމްތިހާން ވަގުތީގޮތުން މެދުކަނޑާލުމާއި ގުޅޭ

އިޢުލާން

ބ ގޮއިދޫއިން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި އަމަލީ އިމްތިހާން ވަގުތީގޮތުން މެދުކަނޑާލުމާއި ގުޅޭ  

         ބ. ގޮއިދޫއިން މިހާރު ދޫކުރަމުން އަންނަ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާންގެ ޚިދުމަތް ލައިސަންސް ޓްރެކް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ، މިއަދުންފެށިގެން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މި ދެންނެވި ޚިދުމަތް ފަށާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ވާހަކަވެސް ދެންނެވީމެވެ. 

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2026