ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/29
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 22:04
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ 04 ވަނަ މަދަޙަ މުބާރާތް އަދި 02 ވަނަ ދީނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

އިޢުލާން 

މި ކައުންސިލްގެ 04 ވަނަ މަދަޙަ މުބާރާތް އަދި  02 ވަނަ ދީނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:

              2026 އޯގަސްޓް 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކައުންސިލްގެ 04 ވަނަ މަދަޙަ މުބާރާތް އަދި 02 ވަނަ ދީނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ރަށުގެ ރަށްވެހިންނާއި ރަށުގައި ދިރިއުޅޭތާ 01 އަހަރުވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.  

މަދަހަ މުބާރާތާއެކު މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދީނީ ޕްރޮގްރާމަކީ ބަންގި ގޮވުމާއި އަދި ޚުތުބާ ކިޔުމުގެ މުބާރާތެވެ.

              ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ ސެލްފް ސާރވިސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.

              މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުލައި 2026