ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-A/1/2016/6
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 31 ޖަނަވަރީ 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް އެދޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށް 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވައި މާލެ، ހުޅުމާލެ، ކ. ވިލިނގިލީގައިނަމަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ކައުންޓަރަށް ބަންދު ނޫން ކޮންމެ ދުވަހަކު ނުވަތަ މިނިސްޓްރީގެ ޑިސްއެބިލިޓީ ޑިވިޜަންގެ މެއިލް އެޑްރެސް [email protected] އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ އެފް.ސީ.އެސް.ސީ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް އާންމުކޮށް އިޢުލާން ކުރީމެވެ. ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ކައުންޓަރުންނާއި ވެބްސައިޓް www.mlg.gov.mv އަދި ރަށު ކައުންސިލުންނާއި އެފް.ސީއެސް.ސީ.ތަކުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. މި ވޯޓްގައި ކުރިން 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލައިފައިވީ ނަމަވެސް މި މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން ކަންތައްތަކަށް ބަލައި 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓު ނުލެވޭ ގޮތަށް ހަމަޖައްސައިފައިވާ ކަމުގައި ދަންނަވަމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި ތަމްސީލު ކުރައްވާނެ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުން 2016 ފެބުރުވަރީ 3 ވާ ބުދަ ދުވަހުގެ 09:00 ން 14:00 އަށް އޮންނާނެއެވެ.

18 ރަބީޢުލްއާޚިރު 1437

 

27 ޖަނަވަރީ 2016