ކުއްޔަށް ހިފުން
ނަންބަރު: 171-Y(FBM2)/IUL/2026/127
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 12 ޖުލައި 2026 12:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާގެ ބޭނުމަށް ވ.ރަކީދޫ ޕޮލިސް ޑެސްކްގެ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް

ޕްރޮޖެކްޓް ނަންބަރު

PC-171/2026/T269

 އިޢުލާން ނަންބަރު

171-Y(FBM2)/IUL/2026/127

 

 

.ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މި މުއައްސަސާގެ ބޭނުމަށް ވ.ރަކީދޫ ޕޮލިސް ޑެސްކްގެ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 ޖުލައި 12 ވަނަ ދުވަހުގު 12:00ގައެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ  ކަމަށް ދަންނަވަމެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 14 ވަނަ ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  7. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ޖުލައި 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
  • ކޮޕީ: [email protected]

 

01 ޖުލައި 2026