ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
PSM- PROC-12/ TVM-Pro/2016 |
އިޢުލާން
މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ އަދި ގާލާ ރައުންޑުގެ މިޔުޒިކް ކޯޗަކަށް ކުރިމަތިލުމުގެ ފުރުޞަތު
މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ އަދި ގާލާ ރައުންޑްގައި ބައިވެރިން ތަމްރީނުކޮށްދޭނެ މިޔުޒިކް ކޯޗެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ފަރާތްތަކުން 29 ޖަނަވަރީ 2016 ވާ ހުކުރު ދުވަހުގެ ހަވީރު 17:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
14 ރަބީޢުލްއާޚިރު 1437