ޢާންމު މަޢުލޫމާތު
ނަންބަރު: 385/07/05/07/2026
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:15
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 007 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 007 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 09 މުޙައްރަމް 1448 ، 24 ޖޫން 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 17 ޖޫން 2026 އިން 23 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ބަނދަރުގެ ބޭރު ތޮށީގައިވާ " އޮޕޭރާ " ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވައިލުމުގެ މައްސަލަ
- މި ކައުންސިލުން އިންތިޒާމުކޮށްގެން މުޅިރަށަށް ހުޅުވައިލައިގެން މި އަހަރު ބާއްވާ ފިރިހެނުންގެ ފުޓުސަލް މުބާރާތުގެ ޤަވާޢިދު ފާސްކުރުމުގެ މައްސަލަ
- މިރަށުގައި ދުއްވާ އެހެން ޒޯންތަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރުމަށް މުއްދަތެއް ކަނޑއެޅުމުގެ މައްސަލަ
- ސްކޫލު 10 ކުލާސްރޫމުގެ މަސައްކަތްކުރައްވާ ސިފައިންގެ ބޭކަލުންނަށް ކައުންސިލުގެ ޚަރަދުގައި ކެއުމެއް ދިނުމުގެ މައްސަލަ
- 05 ވަނަ ދައުރުގެ 385/07/05/07/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 17 ޖޫން 2026 އިން 23 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބަނދަރުގެ ބޭރު ތޮށީގައިވާ " އޮޕޭރާ " ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވައިލުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޮޕޭރާ ކުއްޔަށް ދޫކުރުމުގެ އުޞޫލެއް ތައްޔާރުކުރުމަށް ފަހު އަލުން ކައުންސިލުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު މި މައްސަލަ ކުރިއަށް ގެންދެވުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- މި ކައުންސިލުން އިންތިޒާމުކޮށްގެން މުޅިރަށަށް ހުޅުވައިލައިގެން މި އަހަރު ބާއްވާ ފިރިހެނުންގެ ފުޓުސަލް މުބާރާތުގެ ޤަވާޢިދު ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރެއްވުމަށްފަހު މުބާރާތުގެ ޤަވާޢިދަށް ބައެއް އިޞްލާޙް ގެނައުމާއި އެކު މި ކައުންސިލުން އިންތިޒާމުކޮށްގެން މުޅިރަށަށް ހުޅުވައިލައިގެން މި އަހަރު ބާއްވާ ފިރިހެނުންގެ ފުޓުސަލް މުބާރާތުގެ ޤަވާޢިދު ފާސްކުރުމުގެ މި މައްސަލަ މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- މިރަށުގައި ދުއްވާ އެހެން ޒޯންތަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރުމަށް މުއްދަތެއް ކަނޑއެޅުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރެއްވުމަށްފަހު 2026 ޖުލައި 01 ން ފެށިގެން 30 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ( 3 މަސް ) ދުވަހުގެ ތެރޭގައި މިޒޯނަށް ރަޖިސްޓަރީކޮށް އެފަދަ ފަރާތްތަކަށް މުހުލަތު ދީ މުހުލަތު ޢާއްމު ކުރުމަށާއި އަދި އެކިއެކި މަޝްރޫޢްތަކާއި ގުޅިގެން ނުވަތަ މަސައްކަތްތަކާއި ގުޅިގެން ރަށަށް އެތެރެކުރާ އެހެން ޒޯނުތަކުގެ ރަޖިސްޓަޑް ސައިކަލު ފަދަ ކުދި އުޅަނދު ފަހަރަށް 30 ދުވހުގެ މުއްދަތަށް ބޭނުންކުރެވޭ-/100 ރުފިޔާ ( އެއް ސަތޭކަ ރުފިޔާ ) ގެ އަގުގެ ސްޓީކަރ އެއް ކައުންސިލުން ތަޢާރަފް ކުރުމަށާއި އަދި ބަރު އުޅަނދު ފަހަރުގެ ގޮތުގައި ގިންތިކުރެވޭ ޕިކަޕް ލޮރީ، އެކްސްކަވޭޓަރ ލޯޑަރު ފަދަ އުޅަދު ފަހަރަށް 30 ދުވހުގެ މުއްދަތަށް ބޭނުންކުރެވޭ-/150 ރުފިޔާ ( އެއް ސަތޭކަ ފަންސާސް ރުފިޔާ ) ގެ އަގުގެ ސްޓީކަރ އެއް ކައުންސިލުން ތަޢާރަފް ކުރުމަށް ކަނޑައަޅުއްވައި މެމްބަރުންގެ އިއްތިފާގުން މި މައްސަލަ ނިންމެވިއެވެ.
- ސްކޫލު 10 ކުލާސްރޫމުގެ މަސައްކަތްކުރައްވާ ސިފައިންގެ ބޭކަލުންނަށް ކައުންސިލުގެ ޚަރަދުގައި ކެއުމެއް ދިނުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރެއްވުމަށްފަހު ސްކޫލުގެ 10 ކުލާސްރޫމުގެ މަސައްކަތް އެކުގައި ނިމުމުން ކައުންސިލުގެ ޚަރަދުގައި ހުރިހައި މުއައްސަސާތަކުގެ ނަމުގައި ބޮނޑިބަތާއި ކުޅިމަހުގެ ފަރިވަޅެއް ދޭ ގޮތަށް ހަމަޖައްސައި މިކަމަށް -/5000 ރުފިޔާ ( ފަސްހާސް ރުފިޔާ ) ބަޖެޓެއް ކަނޑައަޅުއްވައި މެމްބަރުންގެ އިއްތިފާގުން މި މައްސަލަ ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/07/05/07/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 007 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
30 ޖޫން 2026