ޢާންމު މަޢުލޫމާތު
ނަންބަރު: 385/06/05/06/2026
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:13
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 006 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 006 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 02 މުޙައްރަމް 1448 ، 17 ޖޫން 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 10 ޖޫން 2026 އިން 16 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ރައްޔިތުންގެ ގޮއި ވަރުވާއަށް ދޫކުރުމާމެދު ގޮތެއް ނިންމުން
- މި ކައުންސިލުން އިންތިޒާމުކޮށްގެން ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑއެޅުމުގެ މައްސަލަ
- 05 ވަނަ ދައުރުގެ 385/06/05/06/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 10 ޖޫން 2026 އިން 16 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ރައްޔިތުންގެ ގޮއި ވަރުވާއަށް ދޫކުރުމާމެދު ގޮތެއް ނިންމުންމި މައްސަލައާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މިފަހަރު ގޮއި ކުއްޔަށް ދޫކުރުމުގައި 2 އަހަރު ދުވަހުގެ މުއްދަތަށް ގޮއި ދޫކުރުމަށާއި އަދި ސިޓީލާ ނީލަމުގައި ގޮއި ދޫކުރުމަށާއި ގޮއިގެ މިހާރުގެ އަގަށްވުރެ -/5 ރުފިޔާ ( ފަސް ރުފިޔާ ) އިތުރު ކުރުމަށް ނިނަމްވައި މިގޮތުގެ މަތިން މި މައްސަލަ ކުރިއަށް ގެންދެވުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- މި ކައުންސިލުން އިންތިޒާމުކޮށްގެން ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތް ބާއްވާނެ ތާރީޚެއް ކަނޑއެޅުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރެއްވުމަށފަހު އަންހެނުންގެ ކުޅިވަރު މުބާރާތް 1448 ވަނަ އަހަރުގެ ރޯދަމަހުގެ ފަހުގައި ބޭއްވުމަށާއި އަދި ފިރިހެނުންގގެ ފުޓްސަލް މުބާރާތް މި އަހަރުގެ، 2026 ޑިސެމްބަރ 11 ވާ ހުކުރު ދުވަހު ފެށުމަށް ކަނޑައަޅުއްވައި މެމްބަރުންގެ އިއްތިފާގުން މި މައްސަލް ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/06/05/06/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 006 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
30 ޖޫން 2026