ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 005 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 24 ޛުލްޙިއްޖާ 1447 ، 10 ޖޫން 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 03 ޖޫން 2026 އިން 09 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން.
- ކައުންސިލަރުންގެ ޒިންމާ ފާސްކުރުން
- " ދަތުރުވެރިންގެ ހިޔާ " އަށް ކިޔާނެ ނަމެއް ކަނޑައެޅުމާއި ނަން ފާސްކުރުން
- ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން ކުރާ ދަތުރުގެ ޚަރަދު -/48000 ( ސާޅިސް އަށް ހާސް ރުފިޔާ ) ގެ ބަޖެޓް ފާސްކުރުން
- ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން ކުރާ ދަތުރުގެ ބައިވެރިން ކަނޑައެޅުން
- ކައުންސިލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސެލް މުބާރާތާއި ވޮލީ މުބާރާތާއި ގުޅޭގޮތުން މަޝްވަރާ ކުރުން.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ "ވަގުތީ ފެރީ ގިމަތައެއް ހެދުން" ހަރަކާތަށް (ޖީ.އެލް ކޯޑް: 421003) އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) -/35000 (ތިރިސް ފަސް ހާސް) ރުފިޔާ އުނިކޮށް، ފެރީ ގިމަތަ ހެދުމުގެ މަސައްކަތަށް އެ ފައިސާ ބަދަލުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- "ރަމަޟާން މަހު ހިފްޒުކޮށް ތަރާވިޙް ނަމާދު ކުރުމަށް ހާފިޒު ގެނައުން" ހަރަކާތުގެ (ޖީ.އެލް ކޯޑް: 223014) ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ޖޭ.އެލް.ސީ.އެލް ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) 15000.00 (ފަނަރަ ހާސް) ރުފިޔާ އުނިކޮށް، އެ ހަރަކާތަށް ބަދަލުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- 05 ވަނަ ދައުރުގެ 385/05/05/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 03 ޖޫން 2026 އިން 09 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ކައުންސިލަރުންގެ ޒިންމާ ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު،
= ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތު
ހ. އިދާރީ ދާއިރާ
ށ. ދީނީ ދާއިރާ
ނ. އިޖުތިމާޢީ ދާއިރާ
= ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތު
ހ. ކުޅިވަރު ދާއިރާ އާއި ޒުވާނުން
ށ. ތަޢްލީމީ ދާއިރާ
ނ. ރަށްވެހިކަމާއި މުނިސިޕަލް ޚިދުމަތައް
= ކައުންސިލު އަންހެން މެމްބަރުގެ މަސްއޫލިއްޔަތު
ހ. ކައުންސިލުގެ ޕްރީސްކޫލް
ށ. ޞިއްޙީ ދާއިރާ
ނ. ތިމާވެށީގެ ދާއިރާ
ރ. ކަނބަލުންނާއި ގުޅުންހުރި ދާއިރާ
ބ. އ.ތ.މ ކޮމިޓީ
ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މެމްބަރުނަށް ޒިންމާ ޙަވާލުކުރުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
3. " ދަތުރުވެރިންގެ ހިޔާ " އަށް ކިޔާނެ ނަމެއް ކަނޑައެޅުމާއި ނަން ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްބޮޑަށް ޚިޔާލު ފާޅުކުރެއްވުމަށފަހު ފެރީ ޓާމިނަލްގެ ނަމަކީ " ދަތުރުވެރި ހިޔާ " ކަމުގައި ކަނޑައަޅުއްވައި މެމްބަރުންގެ އިއްތިފާގުން މި މައްސަލް ނިންމެވިއެވެ.
4. ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން ކުރާ ދަތުރުގެ ޚަރަދު -/48000 ( ސާޅިސް އަށް ހާސް ރުފިޔާ ) ގެ ބަޖެޓް ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައ މަޝްވަރާ ކުރެއްވުމަށްފަހު -/48000 ( ސާޅިސް އަށް ހާސް ރުފިޔާ ) ގެ ބަޖެޓްގެ އިތުރަށް މާލޭ ސަރަޙައްދުގައި ދިރިއުޅުއްވާ ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާތީ މި ބަޖެޓަށް -/5000 ރު ( ފަސްހާސް ރުފިޔާ ) އިތުރުކުރައްވައި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން މާލެ އަށް ކުރާ ދަތުރުގެ ޚަރަދު ބަޖެޓަށް ޖުމްލަ -/53000 ރު ( ފަންސާސް ތިން ހާސް ރުފިޔާ ) ކަނޑައަޅުއްވައި މިގޮތުގެ މަތިން މާލެ ދަތުރަށް ޚަރަދުކުރެއްވުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
5. ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން ކުރާ ދަތުރުގެ ބައިވެރިން ކަނޑައެޅުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ތިރީގައި މި ބަޔާންކުރާ ބޭފުޅުން ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރުމަށް 27 ޖޫން 2026 ން 04 ޖުލައި 2026 ގެ ނިޔަލަށް މި ކައުންސިލުން ކުރާ ދަތުރުގެ ބައިވެރިންގެ ގޮތުގައި ހަމަޖައްސަވައި މިކަމުގައި އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ. މިގޮތުން،
- ކައުންސިލުގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާ
- ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް އަޙުމަދު ޒަހީން
- ކައުންސިލުގެ މެމްބަރ އަލްފާޟިލާ މަރިޔަމް ޢަލީ
- ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އާދަމް ޝަފީޤް
- ކައުންސިލު އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙަސަން ޙަބީބު
- ކައުންސިލު އިދާރާގެ ކައުންސިލު އޮފިސަރ އަލްފާޟިލް ހައިމަން ޙުސައިން
6. ކައުންސިލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސެލް މުބާރާތާއި ވޮލީ މުބާރާތާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލަ ކުރިއަށް އޮންނަ އެހެން ޖަލްސާއަކަށް އެޖެންޑާ ކުރެއްވުމަށް މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
7. ޖޭ.އެލް.ސީ.އެލް ފަންޑުގެ "ވަގުތީ ފެރީ ގިމަތައެއް ހެދުން" ހަރަކާތަށް (ޖީ.އެލް ކޯޑް: 421003) އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) -/35,000.00 (ތިރިސް ފަސް ހާސް) ރުފިޔާ އުނިކޮށް، ފެރީ ގިމަތަ ހެދުމުގެ މަސައްކަތަށް އެ ފައިސާ ބަދަލުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު ޖޭ.އެލް.ސީ.އެލް ފަންޑުގެ "ވަގުތީ ފެރީ ގިމަތައެއް ހެދުން" ހަރަކާތަށް (ޖީ.އެލް ކޯޑް: 421003) އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) -/35,000.00 (ތިރިސް ފަސް ހާސް) ރުފިޔާ އުނިކޮށް، ފެރީ ގިމަތަ ހެދުމުގެ މަސައްކަތަށް އެ ފައިސާ ބަދަލުކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
8. ރަމަޟާން މަހު ހިފްޒުކޮށް ތަރާވިޙް ނަމާދު ކުރުމަށް ހާފިޒު ގެނައުން" ހަރަކާތުގެ (ޖީ.އެލް ކޯޑް: 223014) ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ޖޭ.އެލް.ސީ.އެލް ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) 15000.00 (ފަނަރަ ހާސް) ރުފިޔާ އުނިކޮށް، އެ ހަރަކާތަށް ބަދަލުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު "ރަމަޟާން މަހު ހިފްޒުކޮށް ތަރާވިޙް ނަމާދު ކުރުމަށް ހާފިޒު ގެނައުން" ހަރަކާތުގެ (ޖީ.އެލް ކޯޑް: 223014) ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ޖޭ.އެލް.ސީ.އެލް ފަންޑުގެ "ގޭގެއަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމަށް ފިލްޓަރު ހަރުކުރުން" ހަރަކާތުން (ޖީ.އެލް ކޯޑް: 423002) 15000.00 (ފަނަރަ ހާސް) ރުފިޔާ އުނިކޮށް، އެ ހަރަކާތަށް ބަދަލުކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
9. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/05/05/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 005 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ü |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ü |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ü |
|