ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 004 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 17 ޛުލްޙިއްޖާ 1447 ، 03 ޖޫން 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 27 މެއި 2026 އިން 02 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން.
- ދިޔަމިގިލީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަޝްރޫޢަށް އިތުރުވި "ވޭރިއޭޝަން" މަސައްކަތްތަކަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން 5 ޖޫން 2025 ގައި މި އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާ 133،440.05 (އެއްލައްކަ ތިރިސް ތިންހާސް ހަތަރުސަތޭކަ ސާޅިސް ރުފިޔާ ފަސް ލާރި) އަށް ބަޖެޓް ކޯޑެއް ހަމަޖެއްސުމާ ގުޅޭ: މި ފައިސާ މަސައްކަތުގެ ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި، އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ ދަށުން "ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތުގެ ވޭރިއޭޝަން މަސައްކަތް" މި ނަމުގައި އައު ހަރަކާތެއް އުފައްދައި، ޖީ.އެލް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ކޯޑަށް އެ ފައިސާ އިތުރުކޮށް ބަޖެޓް ފާސްކުރުމުގެ މައްސަލަ.
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 491/385/2026/2 ( 19 މެއި 2026 ) ގެ ސިޓީ އާޢި އެކު ފޮނުއްވާފައިވާ މިރަށު އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ކޮންސެޕްޓް ކުރެހުމަށް ޖަވާބު ދިނުމުގެ މައްސަލަ
- "ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" ގައި ބައިވެރިވެވަޑައިގަތުމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގައި، 2026 ޖޫން 13 އިން 15 އަށް މާލެއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، މި ދަތުރުގެ ޚަރަދުތައް ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
- 05 ވަނަ ދައުރުގެ 2026/04/05/04/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 27 މެއި 2026 އިން 02 ޖޫން 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ދިޔަމިގިލީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަޝްރޫޢަށް އިތުރުވި "ވޭރިއޭޝަން" މަސައްކަތްތަކަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން 5 ޖޫން 2025 ގައި މި އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާ 133،440.05 (އެއްލައްކަ ތިރިސް ތިންހާސް ހަތަރުސަތޭކަ ސާޅިސް ރުފިޔާ ފަސް ލާރި) އަށް ބަޖެޓް ކޯޑެއް ހަމަޖެއްސުމާ ގުޅޭ: މި ފައިސާ މަސައްކަތުގެ ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި، އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ ދަށުން "ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތުގެ ވޭރިއޭޝަން މަސައްކަތް" މި ނަމުގައި އައު ހަރަކާތެއް އުފައްދައި، ޖީ.އެލް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ކޯޑަށް އެ ފައިސާ އިތުރުކޮށް ބަޖެޓް ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ދިޔަމިގިލީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަޝްރޫޢަށް އިތުރުވި "ވޭރިއޭޝަން" މަސައްކަތްތަކަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން 5 ޖޫން 2025 ގައި މި އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާ 133،440.05 (އެއްލައްކަ ތިރިސް ތިންހާސް ހަތަރުސަތޭކަ ސާޅިސް ރުފިޔާ ފަސް ލާރި) އަށް ބަޖެޓް ކޯޑެއް ހަމަޖެއްސުމާ ގުޅޭ: މި ފައިސާ މަސައްކަތުގެ ކޮންޓްރެކްޓަރަށް ދެއްކުމަށްޓަކައި، އެލް.ސީ.ޓީ.ޕީ.އެފް ފަންޑުގެ ދަށުން "ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތުގެ ވޭރިއޭޝަން މަސައްކަތް" މި ނަމުގައި އައު ހަރަކާތެއް އުފައްދައި، ޖީ.އެލް 422999 (އެހެނިހެން އިންފްރާސްޓްރަކްޗަރ) ކޯޑަށް އެ ފައިސާ އިތުރުކޮށް ބަޖެޓް އޮތްގޮތަށް އެއްވެސް އުނި އިތުރެއްނެތި ފާސްކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 491/385/2026/2 ( 19 މެއި 2026 ) ގެ ސިޓީ އާޢި އެކު ފޮނުއްވާފައިވާ މިރަށު އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ކޮންސެޕްޓް ކުރެހުމަށް ޖަވާބު ދިނުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ކޮންސެޕްޓަށް ބައެއް މުހިއްމު ގެންނެވިއެވެ. މިގޮތުން ގެނެވުނު ބައެއް ބަދަލުތަކަކީ،
- ހުޅަނގު ފަރާތު ދެކުނު ކޮޅަކީ ރަށުގެ ސްކޫލު ހިމެނޭ ސަރަހައްދު ކަމަށްވާތީ އާއި ސްކޫލުގޯތީގެ ހުޅަނގުފަރާތު އިންފާރާއި ގޮނޑުދޮށާއި ދެމެދު ހުރީ ގާތްގަނޑަކަށް 70 ވަރަކަށް ފޫޓް ކަމަށްވާތީ އެ ސަރަހައްދު ވަރަށްބޮޑަށް ޙިމާޔަތްކުރަން ބޭނުންވާތީ އެ ސަރަޙައްދުގެ ރިވެޓްމަންޓް ފެށޭ ހިސާބުގައި ހުރަސް ތޮއްޓެއް ޖެހުމާއި އެކު އެ ސަރަޙައްދުގެ އެންމެ ދެކުނަށް ފާހަގަކޮށްފައިވާ ބްރޭކް ވޯޓަރ ކެންސަލްކޮށް ފުލްކޮށް ރިވެޓްމެންޓް ޖެހުމާއި އެކު ބެކްފިލް ކުރުން އަދި،
- އިރުމަތީ ފަރާތު ސަރަޙައްދުގައި ޖެހުމަށް ކޮންސެޕްޓް ކުރެހުމުގައި ފާހަގަކޮށްފައިވާ 188 މީޓަރުގެ ރިވެޓްމެންޓް ރަށުގޮނޑުން ފެށިގެން 30 މީޓަރު ބޭރަށް ޖައްސައި ރިވެޓްމެންޓް ޖެހުމާއި އެކު ބެކު ފިލްކުރުން އަދި
- ކޮންސެޕްޓް ކުރެހުމުގައި ފާހަގަކޮށްފައިވާ ކޮންމެ ދެ ބުރޭކް ވޯޓާއެއްގެ ދެމެދުގައި ލޮނު ދައުރުވާގޮތަށް ކަނޑާފައިވާ ކެނޑުމުގެ ބޭރުގައި ( ކުރިމަތީގައި ) އެތެރޭގައި އުފައްދާވެލި ބޭރު ނުވާނެ ގޮތުން ތޮއްޓެއް ޖެހުން މިއެވެ.
4. "ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" ގައި ބައިވެރިވެވަޑައިގަތުމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގައި، 2026 ޖޫން 13 އިން 15 އަށް މާލެއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، މި ދަތުރުގެ ޚަރަދުތައް ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު 12 ޖޫން 2026 ން ފެށިގެން 16 ޖޫން 2026 ގެ ނިޔަލަށް 05 ދުވަހަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އާދަމް ޝަފީޤް ވީއްލުމަށާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދަށް ދުވާލަކަށް -/700 ރުފިޔާގެ ރޭޓުން -/3500 ރުފިޔާ ހަމަޖެއްސުމަށާއި ދަތުރު ޚަރަދު ފުލައިޓް ދެކޮޅު ޓިކެޓަށް -/1500 ރުފިޔާގެ ރޭޓުން -/3000 ރުފިޔާ އެކު ޖުމްލަ -/6500 ރުފިޔާ ހަމަޖެއްސުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
5. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 2026/04/05/04/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 004 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|