ތަމްރީނު
ނަންބަރު: MNU-CA-RG/2016/24
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 07 ފެބުރުވަރީ 2016 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އަލަށް ފަށާ ކޯސްތަކެއްގެ މަޢުލޫމާތު

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 24 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އާޓްސް

1 . އެޑްވާންސްޑް ސެޓްފިކެޓް އިން ސައިކޮލޮޖީ 

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ފުލްޓައިމް (ހަވީރާއި ރޭގަނޑު)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު އަދި ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

2 . އެޑްވާންސްޑް ސެޓްފިކެޓް އިން ވިޜުއަލް އާޓްސް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 25

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ފުލްޓައިމް (ހަވީރާއި ރޭގަނޑު)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން.

ށ. އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ގްރޭޑް 7 ނިންމައި، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

02 ޖަނަވަރީ 2016