ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317/317/2026/28
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:02
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް ބިންތަކުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އެންގުން

            މި ކައުންސިލްގެ ނަަންބަރު (IUL)317/317/2026/21 )21 މެއި 2026(  އިޢުލާނާހަވާލާދީ ދަންނަވަމެވެ. މިރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ދޫކުރެވިފައިވާ ދެބިމުގެ (MH1-MH2) މަސައްކަތް އެ ބިންތައް ކުއްޔަށްނަގާފައިވާ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ. އަދި ހަވާލާދެވިފައިވާ އިއުލާންގައި އެދެބިމާއި އެދެބިމުގެ ވަށައިގެންވާ މަގުތަކަށް އަރާގޮތަށް ބަހައްޓާފައިވާ މީހުންގެ ތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގާފައިވާނެއެވެ. ނަމަވެސް އަދިވެސް ކައުންސިލްގެ މި އެންގުމުގެ ފަހުންވެސް ބައެއް ފަރާތްތަކުގެ ތަކެތި މި ސަރަހައްދުގައި ހުރިކަން ފާހަގަކުރެވެެއެވެ.

                   ވީމާ ދެންނެވިފައިވާ ދެބިމާއި އެބިންތަކުގެ ވަށައިގެންވާ ސަރަހައްދުގެ މަގުތަކުގައި ހުރި އެކި މީސްމީހުންގެ ތަކެތި ވީހާވެސް އަވަހަށް އެސަރަހައްދުން ނެގުމަށް އަންގަމެވެ. އަދި މި އެންގުމުގެ ފަހުން ނުނަގާ ހުރި ތަކެތި މަސައްކަތުގެ ތެރެއިން މަސައްކަތް ކުރަމުންދާ ފަރާތްތަކުން ނައްތާލާނެ ވާހަކަ ދަންނަވަމެވެ.

                   ދެންނެވިފައިވާ ދެބިން އޮންނާނީ ޗާންދަނީމަގުގެ ދެކުނުން އަފްޒާ ، އަދި ނިޝާން ގޯތީގެ ހުޅަނގުން އޮތް ސަރަހައްދުގައެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.            

01 ޖުލައި 2026