ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-AD/IUL/2016/010
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 27 ޖަނަވަރީ 2016 14:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިން އެސިސްޓެންޓް

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް

އެޑްމިން އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރަ

-/7،000 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގެ އެޑްމިންގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމާއި، ނިންމުން.
  2. ކޯޕަރޭޝަންއަށް ލިބޭ އެކިއެކި ލިޔެކިޔުންތައް ލިބެންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމުގެ ރިކޯޑްސް ބެލެހެއްޓުން.
  3. ކޯޕަރޭޝަނުގެ ހުރިހާ ލިޔެކިއުންތައް އެޑްމިން އޮފިސަރުގެ ބެލުމުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން.
  4. އޮފީހަށް އަންނަ ފޯންކޯލުތަކަށް ޖަވާބުދާރީވުމާއެކު، އެކަމާބެހޭ އެންމެހައި ކަންކަން ކުރުން.
  5. އެކިއެކި ކަންކަމުގައި އޮފީހަށް ޒިޔާރަތްކުރާ މީހުންގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  6. އޮފީހުގެ މާޙައުލު ސާފުތާހިރުކޮށް ބޭއްވުމަށް ސާފުކުރުމުގެ ކަންތައްތައް ރާވައި ހިނގަމުންދާގޮތް ބެލުން.
  7. އެޑްމިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް އެޑްމިން އޮފިސަރގެ އެހީގައި ދުވަހުން ދުވަހަށް ނިންމުން.
  8. އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ

ސުންގަޑި

2016 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީހަށް ހުށަހެޅުން (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)

އިންޓަވިއު

  • އިންޓަވިއުއާއި އިމްތިޙާންކުރުން 1 ފެބުރުވަރީ 2016 އާއި 11 ފެބުރުވަރީ 2016 އާ ދޭތެރޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • އިންޓަވިއުއާއި އިމްތިޙާން ކުރެވޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ނަންބަރު 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016