ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-CAD/AD/26-03
އިޢުލާން
ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދަގަނޑު ފުޅި ތަކެއް ވިއްކާލުމަށް،
މިކުންފުނީގައި ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ ދަގަނޑު ފުޅި ތަކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 06 ޖުލައި 2026 ވާ ހޯމަ ދުވަހު 11:00 ގައި މިކުންފުނީގެ ތިލަފުށި ޔުނިޓަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
މިކަމަށް އެދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
01 ޖުލައި 2026މ.