ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވަރލްޑް ބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓަށް ޑޭޓާ އެނަލިސިސް ހަދައި، ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 7 ޑިސެންބަރު 2015 ގައި ކުރި އިޢުލާނަށް (އިޢުލާން ނަންބަރު IUL)22-E/1/2015/398 އަށް) ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް އިޢުލާނުގައިވާގޮތަށް ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމް: އިންޑިވިޖުއަލް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 5 މަސްދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.
މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.
ފެންވަރު ނުވަތަ ޝަރުޠު:
މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް"ގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް http://www.eedp.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ގެ 14:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3341319 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
- ވެލިޑޭޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
ހުށަހަޅާ އެޕްލިކޭޝަން އެޑްރެސްކުރާނީ، ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ. އެސް. ޔޫ)،
ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 3341319
އީމެއިލް: [email protected]
މަޤާމަށް ހޮވުން:
މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނާއި، އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖަނަވަރީ 2011" ގައިވާގޮތުގެ މަތިންނެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ 3341319 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
10 ރަބީޢުލްއާޚީރު 1437