ވަޒީފާގެ ފުރުޞަތު
ނަންބަރު: 659-A/2026/34
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 12 ޖުލައި 2026 13:30
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް (ލ.ގަމު މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ތާރީޚް:

01 ޖުލައި 2026

މަޤާމުގެ ކްލެސިފިކޭޝަން

ޖުޑީޝަލް ސަޕޯޓު އެސިސްޓެންޓް

މަޤާމް:

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 4

ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން:

ލ. ގަމު މެޖިސްޓްރޭޓް ކޯޓު

މުސާރަ:

 9860.00ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަގާމުގެ އެލަވަންސް: -/2,955 ރުފިޔާ
  • ހާޟިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ހާޟިރުކުރެވޭ މީހުންނާއި ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖްލީހުގެ ޤަވާއިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ބުނެދިނުން
  3. ޝަރީޢަތުގެ މަޖްލީހުގެ އިދާރީ އިންތިޒާމް ފުރިހަމަ ކުރުން
  4. އޯޑިއޯ/ވީޑިއޯ ކޮންފެރެންސިންގ މެދުވެރިކޮށް ބޭއްވޭ އަޑުއެހުންތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގަޑީގެ 15 މިނެޓް ކުރިން އަޑުއެހުމަށް ވާންޖެހޭ ތައްޔާރީތައްވުން.
  5. ޝަރީޢަތުގެ މަޖްލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން
  6. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ / އިދާރީ މަސައްކަތްތައް ކުރުން
  7. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުއީ / އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން
  8. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުއީ / އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން
  9. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން
  10. ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާއި ގުޅިގެން އިދާރީ މަސައްކަތްކުރުން
  11. ކޯޓުން ނިންމާ މައްސަލަތައް ދުވަހުން ދުވަހަށް ސްކޭންކޮށް ކަނޑައެޅިފައިވާ ގޮތުގެމަތިން ރައްކާކުރުން.
  12. ކޯޓުން ނިންމާ މައްސަލަތައް ދުވަހުން ދުވަހަށް ވެބްސައިޓަށް ލުމަށްޓަކައި ތައްޔާރުކުރެވިފައިވާ ފޯލްޑަރ އަށް ލުމަށްފަހު އެކަމަށް ހަމަޖައްސާފައި ހުންނަ މުވައްޒަފަށް އެންގުން.
  13. ބަންދު ތާވަލާއި އެއްގޮތަށް ރަސްމީ އަދި ނުރަސްމީ ދުވަސްތަކުގައި ކޯޓަށް ހުށަހެޅޭ ކޯޓު އަމުރު ތައްޔާރުކުރުން.
  14. ކޯޓަށް ހާޟިރުވާ ޤާނޫނީ ވަކީލުންގެ ދަފްތަރު އަޕްޑޭޓް ކުރުން.
  15. މިނޫންވެސް ކޯޓުން ޙަވާލުކުރެވޭ ރަސްމީ މަސައްކަތް ކުރުން.

 

އެހެނިހެން މަސްއޫލިއްޔަތުތައް

  1. ކަނޑައެޅޭ ތާވަލެއްގެ ދަށުން ކޯޓް ހުޅުވާ ލެއްޕުން
  2. މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ކޯޓް އެޑްމިނިސްޓްރޭޓަރ އަންގާގޮތެއްގެ މަތީން އެމުވައްޒަފެއްގެ މަސައްކަތްތައް ވަގުތީގޮތުން ކުރުން
  3. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެހާ ފޮތްތަކާއި ފައިލްތައް ރައްކާތެރިކޮށް ބެލެހެއްޓުން
  4. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ފައިލުކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން
  5. ކޯޓް އިސް މެޖިސްޓްރޭޓް ނުވަތަ އެވަގުތަކު ކޯޓް ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓާއި ކްލަސްޓަރ ގެ އިދާރީ ހިންގުމާއި ޙަވާލުވެ ހުންނަވާ ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާ ރަސްމީ މަސައްކަތް ކުރުން.

އަސާސީ ޝަރުޠު

-          'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު،  'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން .ނުވަތަ؛

-          ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ފައިނޭންސްގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ/ޝަރީއާ އެންޑް ލޯ

ގުޅޭ ދާއިރާތައް:

 

     ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ފައިނޭންސްގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ/ޝަރީއާ އެންޑް ލޯ

އެހެނިހެން ޝަރުޠުތައް:

1-       ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

2-       ވަޒީފާއަށް ޢައްޔަންކުރެވޭކޯޓުގެ(ނުވަތަ އިދާރާގެ)މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހެއްކަމުގައިނުވުން.

2.1.     ކާފަ ނުވަތަ މާމަ(  ދޮންކާފައާއި، ދޮންމާމަ ހިމެނޭގޮތަށް)؛

2.2.     މަންމަ ނުވަތަ ބައްޕަ (ދޮންމަންމައާއި ދޮންބައްޕަ ހިމެނޭގޮތަށް) ނުވަތަ،

2.3.     ދައްތަ ނުވަތަ ބޭބެ ( އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި، ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

2.4.     އަނބިމީހާ ނުވަތަ ފިރިމީހާ؛

2.5.     ދަރިން ( ކާފަދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި:

1-       ފުރިހަމަ ކޮށްފައިވާ،ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމް (މިފޯމް ލ. ގަމު މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)

2-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4-       ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

6-       (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7-       (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

8-       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

9-       (ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

10-   (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

11-   (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

12-   (ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:

-          އަސާސީ ޝަރުޠު ފުރިހަމަވުން                   30 އިންސައްތަ

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައްލީމު      5 އިންސައްތަ

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ      5 އިންސައްތަ

-          އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް                   25 އިންސައްތަ

-          އިންޓަރވިއު                              35 އިންސައްތަ

-          ޖުމުލަ                                  100 އިންސައްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 12  ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ލ.ގަމު މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓުލިސްޓްކުރުން

  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލްސް އޮންނާނީ، 2026 ޖުލައި 15 ޖުލައި އިން 05 އޯގަސްޓް 2026 އާ ދެމެދު، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓު) " ޢާންމުކުރުން

"އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ލ. ގަމު މެޖިސްޓްރޭޓްކޯޓުގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. އަދި އިންޓަރވިއުގެ ބައިވެރިންނާ ޙިއްޞާ ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

އިތުރު މަޢްލޫމާތު

މަސައްކަތުގެ ތަޖުރިބާގެ ބަޔަށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މި އިޢްލާނާއެކު ހުށަހަޅަންޖެހޭ ތަކެތީގެބައިގެ 6 ވަނަ ނަންބަރުގައި ތަޖްރިބާގެ ލިޔުމުގައި ފުރިހަމަވާންވާނޭކަމަށް ބަޔާންކުރާ މަޢްލޫމާތު ފުރިހަމައަށް އެނގޭގޮތަށް ހުށަހަޅާ ލިޔުންތަކަށް އެކަންޏެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް ލ.ގަމު މެޖިސްޓްރޭޓްކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800630/6800623 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަންއަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

       

 

 

 

 

01 ޖުލައި 2026