ދިވެހިރާއްޖެ
ދިވެހި ބަހަށް ލޯބިޖައްސައި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ހިތްވަރުދިނުމުގެ މަޤުޞަދުގައި، އަލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި އަލިފުށީ ސުކޫލު ގުޅިގެން މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން، އަލިފުށީގެ މުވައްސަސާތަކަށާއި، ސުކޫލު ދަރިވަރުންނަށް އަދި ޢާއްމުންނަށް ހުޅުވާލައިގެން ޚާއްޞަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
1- މުބާރާތުގެ ބައިތަކާއި ބައިވެރިވެވޭ ފަރާތްތައް
- ދަރިވަރުންގެ ބައި:ކީސްޓޭޖު 3، 4 އަދި 5 ގެ ދަރިވަރުން.
- މުވައްސަސާތަކުގެ ބައި:ރަށުގެ މުވައްސަސާތައް (ކޮންމެ މުވައްސަސާއަކުން ގިނަވެގެން 5 ބައިވެރިން).
- ޢާއްމުންގެ ބައި:ސުކޫލު ދަރިވަރަކަށް ނުވާ އަދި އެއްވެސް މުވައްސަސާއެއްގައި ނުހިމެނޭ ބޭފުޅުން.
2- ކުރިއަށް ގެންދެވޭ މުބާރާތްތައް
2.1 އަތުލިޔުމުގެ މުބާރާތް
2.2 ބޮޑުއަކުރުކުރުމުގެ މުބާރާތް
މި މުބާރާތްތަކުގައި ބައިވެރިވެވޭނީ އެކަމަށް ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 2026 ޖުލައި 8 ވާ ބުދަ ދުވަހުގެ ރޭ 23:59 އެވެ.
ލިންކް: https://forms.gle/2FURN1ErABUDuZ1VA
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފޯމު ފުރުއްވައި ބައިވެރިވުން ކަށަވަރުކުރެއްވުން އެދެމެވެ.
15 މުޙައްރަމް 1448