މަސައްކަތް
ނަންބަރު: (IUL)220-AS/1/2026/62
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 18:30
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީއަށް "އިވެންޓް މެނޭޖްމެންޓް ސަރވިސެސް" ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް "އިވެންޓް މެނޭޖްމެންޓް ސަރވިސެސް" ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

05 ޖުލައި 2026

އާދިއްތަ

11:00

އަންދާސީހިސާބު ހުށަހެޅުން

09 ޖުލައި 2026

ބުރާސްފަތި

10:00

އަންދާސީހިސާބު ތައްޔާރުކުރައްވަންވާނީ މި އިޢުލާނާއެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭ އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ނުވަތަ ބަލައިނުގަތުމުގެ އިޚްތިޔާރު މި އޮތޯރިޓީއަށް ލިބިގެންވެއެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

 

މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން [email protected]  އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓް  ގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ބަޔާންކުރައްވަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

30 ޖޫން 2026