ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 101-EP/1/2016/5
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 31 ޖަނަވަރީ 2016 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

އިޢުލާނު

މި މިނިސްޓްރީގެ ނަންބަރު (IUL) 101-EP/1/2015/175 (30 ނޮވެންބަރު 2015) އިޢުލާނާ ހަވާލާދީ ދަންނަމެވެ. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސް.އެމް.އީ ލޯން" ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ.

  • ފޯމު ބަލައިގަތުން: ފޯމު ބަލައިގަންނާނީ 24 ޖަނަވަރީ 2016 އިން ފެށިގެން 31 ޖަނަވަރީ 2016 ވަނަ ދުވަހުގެ (ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު) ނިޔަލަށް، ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
  • ފޯމު ހުށަހަޅަންޖެހޭ ތަން: ލޯނު ސްކީމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ތަފުސީލު ޕްރޮޕޯޒަލާއި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޯމު ހުށަހަޅުއްވާނީ ތިރީގައި މިވާ ތަންތަނުގެ ތެރެއިން ކޮންމެވެސް އެއްތަނަކަށެވެ. ވިޔަފާރިއަކުން އެއްތަނަށް ވުރެ ގިނަ ތަނަށް ހުށަހަޅާފައިވާނަމަ އިވޭލުއޭޓް ކުރުމަށް ބަލާނީ ފުރަތަމަ ހުށަހެޅޭ ފޯމަށެވެ.

1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑު ތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3333196، 33333106

 

2. ބިޒްނަސް ސެންޓަރ- ކުޅުދުއްފުށި

އާރުޑީއެމްއޯ ބިލްޑިންގ، 2 ވަނަ ފަންގިފިލާ، ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ

ފޯނު: 6528315، 6528314، 6528313

މޯބައިލް: 7917089

3. ބިޒްނަސް ސެންޓަރ- ނައިފަރު

ފާދިއްޕޮޅު އަތޮޅުގެ، ޅ. ނައިފަރު، ދިވެހިރާއްޖެ

ފޯނު: 6620350، 6620351، 6620352

މޯބައިލް: 7918432

4. ބިޒްނަސް ސެންޓަރ- ކުޑަހުވަދޫ

މަލްޓިޕާރޕަސް ބިލްޑިންގ، ފުރަތަމަ ފަންގިފިލާ، ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯނު: 6760538، 6760533، 6760536

މޯބައިލް: 7918495

5. ބިޒްނަސް ސެންޓަރ- ފޮނަދޫ

ކިނބި، ލ. ފޮނަދޫ، ދިވެހިރާއްޖެ

ފޯނު: 6800090، 6800097، 6800098

މޯބައިލް: 7914431

6. ބިޒްނަސް ސެންޓަރ– ތިނަދޫ

ނޭޒާ، ވައިލެޓްމަގު، ގދ. ތިނަދޫ، ދިވެހިރާއްޖެ

ފޯނު: 6842001
މޯބައިލް: 7913715

7. ބިޒްނަސް ސެންޓަރ- ހިތަދޫ

އައްޑޫސިޓީ ކައުންސިލް އިދާރާ، 2 ވަނަ ފަންގިފިލާ، ހިތަދޫ، ދިވެހިރާއްޖެ

ފޯނު: 6881014، 6881013

މޯބައިލް: 7916947

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ: [email protected] އީމެއިލަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާނީ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް، ތަރުތީބުކޮށް، ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު ނުވަތަ އެ ފޯމެޓަށް ސްކޭން ކޮށްފައެވެ.

މި ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް (www.trade.gov.mv) އިން ލިބެންހުންނާނެއެވެ.

10 ރަބީއުލްއާޚިރު 1437

20 ޖަނަވަރީ 2016