ބީލަން
ނަންބަރު: (IUL)1041/2026/12
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 06 ޖުލައި 2026 14:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތަކުގެ އޭސީތަކަށް ކަރަންޓް ވަޔަރިން އެޅުމާއި އޭސީ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރާ އިޢުލާން

ދ.އަތޮޅު ތަޢުލީމީ މަރުކަޒު

 

ދ. ކުޑަހުވަދޫ،

   ދިވެހިރާއްޖެ.

                                        އިޢުލާން ނަންބަރ: (IUL)1041/2026/12

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތަކުގެ އޭސީތަކަށް ކަރަންޓް ވަޔަރިން އެޅުމާއި އޭސީ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރާ އިޢުލާން

 

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތަކުގައ ހަރުކުރެވިފައިވާ އޭސީތަކަށް ކަރަންޓް ވަޔަރިން އެޅުމާއި ބައެއް ކުލާސްރޫމްތަކުގައި އޭސީގެ އިންޑޯ އަދި އައުޓްޑޯ ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/1nUEqaiHmCZ296vG9

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

 

30 ޖޫން 2026

30 ޖޫން 2026