ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ލ.ބަރެސްދޫގައި ކުރިޔަށްގެންދާ ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން އެރަށުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 ޑިސެންބަރު 14 ދުވަހު ކޮށްފައިވާ ނަންބަރު: IUL)MMPRC-HAS/1/2015/78) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ ބިޑު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ރަބީޢުލްއާޚިރު 1437